ދުނިޔެ

ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ނިކުތް ބަޔަކާ ދެކޮޅަށް ކޯޓަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ނިކުތް ގިނަ އަދަދެއްގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކޯޓަށް މައްސަލަ ވައްދައިފިއެވެ.

Ads by WAMCO

އަންނަ އަހަރު އާންމު އިންތިޚާބެއް ބާއްވަން ޖެހޭއިރު، ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ދެކޮޅު މީހުންނަށް ސަމާލުކަމެއް ދީގެން ބޮޑެތި ދައުވާ ތަކެއް ކުރަމުން އަންނަ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އިދިކޮޅުން ވަނީ ބަންގާޅުގައި ކަރަންޓް ކަނޑާލުމާ ގުޅިގެން ފާއިތުވި މަސްތަކުގައި މުޅި ގައުމުގައި މުޒާހަރާކޮށްފައެވެ.

އަދި އަންނަ އަހަރު ބާއްވާ އާއްމު އިންތިހާބު ބާއްވަން ޖެހޭނީ ނިއުޓްރަލް، ކެއަރޓޭކަރ ދަށުން ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ..

ބައެއް މުޒާހަރާތައް ވަނީ ފުލުހުން ނިކުމެ ބާރުގެ ބޭނުންކޮށް، ރޫޅާލާފައެވެ.

އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ތަރުޖަމާނު ސައިރޫލް ކަބީރު ޚާން ވިދާޅުވީ އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން ފުލުހުން ވަނީ އެ އަނިޔާއާ ގުޅުން ހުރި ދޮގު ނުވަތަ "ފޭކް" ދައުވާގައި މަދުވެގެން 4،081 ޕާޓީގެ ސަޕޯޓަރުންނާއި ލީޑަރުންގެ މައްޗަށް ދައުވާކޮށްފައި ކަމަށެވެ.

ބީއެންޕީގެ އިތުރު 20،000 ސަޕޯޓަރުންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ޚާން ވިދާޅުވީ މުޒާހަރާތަކުގައި ފަސް އެކްޓިވިސްޓުން މަރުވެ 2000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ނިކުތުމުން އެމަކަށް ހުރަސް ނާޅާތީ ވަނީ ފާޑު ކިޔާފައެވެ.

"ފުލުހަކީ ނިއުޓްރަލް ފޯސްއެއް ނޫން،" ޚާން އިތުރަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ މަދުވެގެން ތިން މުޒާހަރާއެއްގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެެ.

Ads by Allied Insurance
  1. ހަސީނާ ޤައުމު ހުސްކުރަނީ އޭނާގެ ޕާޓީ ބޮޑުކުރަން !