ހައްގުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިޔަސް އެކަން ބަޔަކު ގަބޫލެއްނުކުރާނެ: މިއުވާން
ރައްޔިތުން އަތުން ގެއްލުވާލި ހައްގުތައް ހޯއްދަވައިދެއްވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިޔަސް އެކަން މީހުން ގަބޫލުނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިފަދައިން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ, ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ވެރިކަމުގެ ފުރަތަމަ 10 ދުވަސްތެރޭ ބަންދުން ދޫކޮށްލާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ހއ.އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން ބޭއްވި ބޮޑު ޖަލްސާގައި ސަރުކާރަަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގައި ހަމައެކަނި އުޅެނީ ނާޤާބިލުވުމުގެ މައްސަލައެއް ނޫން ކަމަށާއި, އެއްވެސް ކަމެއްގައި މި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތީ ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ކަންކަން ތަރުތީބުވެގެން ނުދަނީ ވެރިންގެ އިޚްލާސްތެރިކަން ނެތުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަތަކާ ގުޅިގެން މިއުވާން ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވިއިރު ނުވެ ހުރި އަސާސީ ކަންކަން މި ސަރުކާރުން ކޮށްދެއްވާނެކަމަށާއި ރައްޔިތުން އަތުން ގެއްލުވާލި ހައްގުތައް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވުމުން، އެކަން މީހުން ގަބޫލުނުކުރާނެ ކަމަށެވެ.
އެއްވެސް ފަރާތަކުން ދައްކާ އެއްވެސް ވާހަކައަކަށް ޕާޓީގެ އައްޑާއަކުން ދައްކާގޮތައް ވަކިފަރާތަކަށް ދިމާކޮށް ރައީސް އޮފީހުން ވާހަކަ ދެއްކުމަކީ ތަހުޒީބު މުޖުތަމައު ތަކުގަ ކުރާ ކަމެއް ނޫން. ދައުލަތުގެ މުއައްސަސާތަކުން ބުނަންވާނީ ޖަމާޢީ ގޮތެއްގަ