ޚަބަރު ސަރުކާރު

އަސާސީ ހިދުމަތްތަކަށް ޔާމީން ވައުދުވާކަށް ނުޖެހޭނެ، އެކަންތައް މި ސަރުކާރުން ދަނީ ކުރަމުން: މިއުވާން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ރަށްތަކުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި މި ސަރުކާރުން އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއުވާން މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ އަތޮޅުތެރޭގެ ރައްޔިތުނަނަށް ބޭނުންވާ އަސާސީ ގިނަ ކަންތައްތައް ކޮށްދީފައިނުވާ ކަމަށެވެ.

އަދި “މާލެ އަށް ކޮށްދިން ކަންކަމުގެ ބެކް ޑްރޮޕެއްގެ ކުރިމަތީގައި ހުންނަވައިގެން އަސާސީ ބޭނުންތައް ފުއްދައިދޭނަމޭ ބުންޏަސް ރައްޔިތުން ގަބޫލު ކުރާނެހެން ހީނުވޭ” ކަމަށް މިއުވާން ވިދާޅުވިއެވެ.

ހއ.އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން ބޭއްވި ބޮޑު ޖަލްސާގައި، ވެރިކަމުގައި ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ހއ. އިހަވަންދޫގައި އައިސް ޕްލާންޓެއް އަޅައި، ބަނދަރު ބޮޑުކުރުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ ވާހަކައަށް އިޝާރަތް ކުރައްވާ މިއުވާން ވިދާޅުވީ، އިހަވަންދޫގައި އެ މަސައްކަތް މި ސަރުކާރުން ކޮށް ނިންމާފައިވާ ކަމަށެވެ.

Ads by Allied Insurance
  1. ށަވިޔަނި

    ހާދަމައްޗަކުން ފުންމާއިގެން ތިފުއްޕަނީީއ އަނގަ ބަލާބަލަ

  2. މުހަންމަދު

    މިކަހަލަ ދެއުޅި އެއް ނުވާމީހުން ގިނަވީމަ މި ގައުމު މި ހަލާކު މިވަނީ…