ޚަބަރު ސިޔާސީ

ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެ: ޕީޕީއެމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ހުރިހާ ރަށަކަށް ވަަޑައިގަންނަވާނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

Ads by MWSC

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޮާޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނޮވެމްބަރުމަހަށްފަހު އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން ރައީސް ޔާމީންގެ ދަތުރުފުޅުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށެވެ. އެ ގޮތުން އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު އެންމެ ގާތުން ބައްލަވާނެކަމަށް ހީނާ ވިދާޅުވިއެވެ.

ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް ޔާމީން ފުރަތަމަ ވަޑައިގަތީ ދ.ކުޑަހުވަދުއަށެވެ. އެއަށްފަހު ހއ.އަތޮޅުގެ ހަ ރަށަކަށް ވަނީ ޒިޔާރަތް ކުރައްވައިފައެވެ.

އަންނަ އަންގާރަ ދުވަހު ނ.އަތޮޅުގެ ހަ ރަށަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު, ކުރިއަށް އޮތް ނޮވެމްބަރުގައި އައްޑޫ ސިޓީއަށް އަދި އެ މަސްތެރޭގައި ގދ.އަތޮޅަށާއި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެއެވެ.

 

Ads by Allied Insurance
  1. މުލި

    އެއްމެ ފަހު މަންޒިލެއްގެ ގޮތުގައި ޖަލު!

  2. ބަނާނާ

    ދެން ވެރިކަން ލިބުނަސް ތާސްކުޅުން ނޫން ކަމެއް ނުކުރާނެ..ވެރިކަން ކުރާނީ ފާތުމަ..
    ކުރިމަތިލާ މީހުންގެ ތެރޭގައި ދީނަށް ގައުމު ސީދާ ކުރުމަށް މަސައްކަތް ކުރަނީ ހަމައެކަނި ޢުމަރު ނަސީރު…ޢުމަރަށް ބައިއަތު ހިފާ ގައުމު ސަލާމަތް ކުރައްވާ.