ޚަބަރު

ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމުން ކަރަންޓު ކަނޑާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްއިން ކަރަންޓު ކަނޑާލައިފިއެވެ.

Ads by STELCO

ސްޓެލްކޯއިން ވިދާޅުވީ އެފްއޭއެމް އިން އެކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާފައިވާނެ ކަމަށެވެ.

އަދި އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް އެފްއޭއެމްއަށް ދީފައިވީ ނަމަވެސް އެކަންވެސް ކޮށްފައިނުވާ ކަމަށާއި އެފްއޭއެމް ހައުސްއިން މިހާރު ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ވިދާޅުވީ އެ ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް އެކުންފުނިން ވިސްނަމުންދާ ކަމަށެވެ.

 

ތަފްސީލް އަންނަނީ..

Ads by PNC
  1. ހުސޭނުބެ

    ކޮއްކޮމެންނޭ އެފްއޭއެމެއްވާނެތޭ! އަމީން އެވެނިޔުއިން 22މިލިއަން އަށް ޕެންޓްހައުސެއްގަނެ، ދެމަފިރިންގެ ދަތުރުފުޅުތަކަށް ހަރަދުކުރީމާ މިޖެހެނީ އެފްއޭއެމަށް މާލެއާއި ހުޅުމާލެއިން ލިބިފައިހުރި ބިންތައްވެސް ނުއަގުގައި ދިގު މުއަދަތަށް މީހުންނަށް ދީފައި ގަނޑުކޮށް ފައިސާވެސް ނަގާށެވެ. މިތަން އޯޑިޓް ކުރާނެބަޔަކު ނުތިބޭހެއްޔެވެ؟ މީ ބައްސާމާއި ޖާގެ ތަރިކަ މުދަލެވެ.