އެމްއެންޕީ އިދިކޮޅު ޕާޓީއަކަށް!
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިދިކޮޅު ޕާޓީއަކަށް ބަދަލު ކުރުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލް ބައްދަލުވުމުގައި ދެންމެ ނިންމައިފިއެވެ.
އެމްއެންޕީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން އެމްއެންޕީ މަސައްކަތް ކުރާނީ ސަރުކާރުގެ ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަން ދެންމެ އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމައިފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޕީ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިފާއުގައި އެމަނިކުފާނު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ޕާޓީއެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ނަމަވެސް އެމްއެންޕީން ވިދާޅުވާ ގޮތުގައި އެ ޕާޓީ އަކީ ސަރުކާރަށް ނުވަތަ ވަކި ބަޔަކަށް އުފެއްދި ޕާޓީއެއް ނޫނެވެ.
އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.
ހަމަ ހިނިއަންނަނީ…