ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުރިހާ މީޑިއާއެއް ބައްލަވައިގަނެ, މިނިވަން ނޫސްވެރިކަމަށް ނުފޫޒު ފޯރުއްވަވާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާާސަން ޙަސަން މިހެން ވިދާޅުވީ ކުލަބުހައުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޙަސަން ވިދާޅުވީ ޗާގޯސް މައްސަލައިގައި އެ ބޭފުޅުން މަޖިލީހުގައި ދައްކަވާ ވާހަކަތައް ރިޕޯޓުކޮށްލާނެ ހިތްވަރު މިއަދު މީޑިއާތަކަށް ނެތް ކަމަށެވެ. އަދި ރައީސް ޞާލިޙް ވަނީ ހުރިހާ މީޑިއާއެއް ބައްލަވައިގެންފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''ހުރިހާ މީޑިއާއެއް ސަރުކާރުން ގަނެގެން އެ ތިއްބަވަނީ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ އިންނެވީ ހުރިހާ މީޑިއާއެއް ވެސް ބައްލަވައިގަނެގެން. ބައްލަވައިގަނެގެންނޭ އަޅުގަނޑު މި ދަންނަވަނީ ކޮން މީޑިއާއަކަށްތޯ މި ވާހަކަތައް އަޅުގަނޑުމެން މަޖިލީހުގައި ދެއްކީމަ އެއީ ޚަބަރެއްގެ ގޮތުގަ ރިޕޯޓުކޮށްލަން ކެރެނީ. ނުކެރޭ އިނގޭތޯ. އެ ޕްލެޓްފޯމުތަކެއް ވެސް ޙަޤީޤަތުގަ ނެތް. ވަރަށް ދެރަވަރުކޮށް މީޑިއާތައް ތިބީ. ލަދުވެސް ގަނޭ.''
ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ޙަސަން ވިދާޅުވި ގޮތުގައި ނޫސްވެރިން މިއަދު ތިބީ ''ސަރުކާރުގެ ޖީބަށް ވެއްޓިގެން''ނެވެ.
މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ގަބޫލުކޮށް ރައީސް ޞާލިޙު ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވައިފައެވެ. މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެންބަރުންގެ ތެރެއިން އެ ސިޓީ ހާމަކުރުމަށް ގޮވައިލައްވަމުން ގެންދަވަނީ ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނެވެ. ދެން ތިއްބެވި މެންބަރުން ގެންދަވަނީ ސަރުކާރުގެ ދިފާޢުގައި ތަފާތު ވާހަކަތައް ދައްކަވަމުންނެވެ.
ހަސަނާ ކަލޭ ތީ ކާކު؟ ކަލޭ ދައްކާ ވާހަކަ އަޑުއަހަން އެބައުޅޭތަ ބަޔަކު؟
ގޮޅީގައިވެސް ސޭލް ގޮނޑީގައިވެސް ސޭލް !