ޚަބަރު ސިޔާސީ

ރައީސް ޔާމީން އެމްޑީޕީއަށް: ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރި ނަމަ ތިބޭނީ ގޭގައި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް ޔާމީން މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ އިސް ބޭފުޅުންގެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިނަަމަ ތިބޭނީ ގޭގައި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދާއިރާތަކަށް ރައީސުން ކަނޑައެޅުމަށް ބާއްވާ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ވަޑައިގެން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމްގެ ތެރޭގައި ޑިމޮކްރަސީއެއް ނޯންނަ ކަމަށް އެމްޑީޕީން ދައްކާ ވާހަކައަށް ރައްދު ދެއްވައި އެމަނިކުފާނު ވިދާޅުވީ  އެ ޕާޓީން ޑިމޮކްރަސީގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށާއި، މުޅި ރާއްޖެ(އެމްޑީޕީން) ފުނޑާލާފައިވާ ކަމަށެވެ.

"އެހެންވީމަ، ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިއްޔާ، އެކަލަ ވާހަަކަ ނުދައްކަވާ ގޭގައި މިއަދު ހުންނާނީ."

އެމަނިކުފާނުގެ ވާހަކައިގައި، ޕީީޕީއެމުން ވޯޓު އަޅަނީ ގަށާ މެޝިނަށް ނޫން ކަމަށް ވިދާޅުވެ، މީގެ ކުރިން އެމްޑީޕީން ބޭއްވި އިންތިޚާބެއްގައި އެގޮތަށް އެކަން ކޮށްފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ފާޑު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ދާއިރާގެ އިންތިޚާބުގައި ރައީސް ޔާމީން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި، އެތެރޭގެ އިންތިޚާބުތަކުގައިވެސް އެމަނިކުފާނުގެ ދައުރެއް ނޯންނާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އިންތިޚާބަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި، ވަރަށް މުހިންމު އިންތިޚާބެއްކަން ފާހަގަކުރައްވައި، މިއީ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާނެ އެންމެ ބޮޑު އިންތިޚާބު ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އިިދިކޮޅު ކޯލިޝަނުގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަން ފަށާފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެންނެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދަށް ގެނައި ބަދަލާއިއެކު ދާއިރާތަކުގެ ރައީސުން ވަނީ ޕާޓީގެ ހިންގުމުގެ އޮނިގަނޑުގައި ހިމަނައިފައެވެ. އެއީ ޕާޓީގެ ހަ ވަނައަށް އެންމެ ބާރުގަދަ މަޤާމެވެ.

Ads by HDC
  1. ދިލްދިޔާ

    ލަދު ހަޔާތަކީ އެހެން އެބުނާމީހާގެ ބަސްފޮތުގައިވެސް ނެތް އެއްޗެއް.

  2. ޔާފައިސާ

    ކަލޭގެ ކިބައިގާ ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ އޮންނާނީ ޖަލުގަ.