ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިނަކަށް މި ސަރުކާރުން ހުރަހެއް ނާޅުއްވާނެ ކަމަށާއި, ސިޔާސީ ހަރަކާތްތައް ހިންގެވުމަށް އެ މަނިކުފާނަށް ތަންމިނަށް ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރައީސް ޔާމީން މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާތީ އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށް، ވީހާވެސް ގިނަ ބަޔަކު ގަން އެއާޕޯޓަށް ދިޔުމަށް ޕީޕީއެމްއިން ވަނީ އެދިފައެވެ. ޕީޕީއެމްއިން އެ ގޮތަށް އެދިފައި އޮއްވާ އައްޑޫ ސިޓީ ޕޯޓްގެ މުވައްޒަފުންނަށް ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ދިޔުމަށް ހުރަސްއެޅޭ ގޮތަށް އެ ތަނުން ސާކިއުލާއެއް ނެރެފައިވާކަމަށް ވަނީ އަޑުފެތުރިފައެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވަނީ ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު ތާއީދު ކުރާ ފިކުރަކަށް ތާއީދު ކުރުމުގެ މިނިވަންކަން ތަންމިނަށް ލިބިގެންދާނެ ކަމަށް ޖަޒީރާ މެނިފެސްޓޯގައިވާ ކަމަށް ވިދާޅުވެފައެވެ.
''ކީކޭބާ މިކަމަށް ޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ބުނަނީ'' ތަރުޖަމާނު މިއުވާން މުޙައްމަދަށް ޓެގް ކުރައްވައި ކުރެއްވި ޓުވީޓެއްގައި ޝުޖާއު ސުވާލު ކުރައްވާފައިވެއެވެ.
ނަމަވެސް މިއުވާން އެ ޓުވީޓަށް ރިޕްލައި ކުރައްވައިފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ''ދެން'' އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ބައިވެރިވެ, އެ މީހަކު ބޭނުންވާ ސިޔާސީ ފިކުރަކަށް ތާއީދުކުރުމުގެ ފުރުސަތު ދިވެހި ކޮންމެ ރައްޔިތަކަށް އޮންނާނެ ކަމަށެވެ. އެގޮތުން އެމްޑީޕީ އަދި ޕީޕީއެމް ނުވަތަ އެ ނޫން އެހެން ޕާޓީއެއް ނަމަވެސް އެ މިނިވަންކަން އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
''އެ މިނިވަންކަން ހޯދައިދިނީ އަޅުގަނޑުމެންގެ ސަރުކާރުން. ރައީސް ޔާމީނަށް ވެސް ހުރިހާ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރެއްވުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ތަންމިނަށް ލިބިފައި މި އޮތީ. އިއްޔެ ވެސް އެ ބޭފުޅުންގެ އެތެރޭގެ އިންތިޚާބު އެހާ ސުލްހަވެރިކަމާއެކު ބޭއްވިގެން މިދިޔައީ މި ސަރުކާރު ސިޔާސީ މިނިވަންކަން ދީފައިވާތީ.''
މިއުވާން ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށް ހާޒިރުވުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވާނެ ސަރުކާރެއް ވެސް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ މިނިވަންކަން ދަމަހައްޓަވާނެ ކަމަށާއި މިހާރު ފެނިގެން މިދަނީ ވަރަށް އުފާވެރި މަންޒަރެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެން ކީއްވެބާ ތިމާމެނަށް މިނިވަންކަމާއެކު އިންތިޚާބެއް ނުބޭއްވިގެން ތި އުޅެނީ މިއުވާނޫ؟
އެންމެ ކުޑަމިނުން ތްރީލައިންވިޕެއްވެސް ތިމީހުނަށް ތިބުނާ ސުލްހަވެރިކަމާއެކު ނުހިފޭއްޓިގެން ދާތަން ފެނަނީ، އަދި އރތެރޭގެ އިންތިޚާބެއް ބޭއްވޭނެތަ؟ ތިބުނާ ސުލްހަވެރިކަމެއް ތި ގޮށްރާޅު ސަރުކާރަކުނެތް،
ޕީޕީއެމުން ސުލްހަވެރިކަމާއެކު އިންތިޚާބު ބޭއްވީ ސަރުކާރުން އެތަނަސް މިއުވާނު ފޮނުވައިގެން ޕީޕީއެމް މީހުން ސުލްހަމަސަލަސް ކޮށްގެނެއް ނޫން، ފެނިގެން އެދިއައީ ޕީޕީއެމްގެ ލޮބުވެތި މެމްބަރުންގެ އެއްބާރުލުމާ ސުލްހަމަސްލަހަތުކަމާ ރޔާމީންގެ ހިކުމަތު އަމަލީގެ ސިޔާދަތުގެ ހިންގުންތެރިކަން،
އެހެން ޕާޓީތަކުނުްކުރާ ހިތްވަރާ ފަންވަރުގެ ކުރެދިޓު ނަގަން ގޮށްރާޅު ސަރުކާރުން އުޅޭނެ ކަމެއް ނެތް.
ވާވައްދައިގެން ދޯކާދީގެން އައްޑުއަށް ކޮންކަމެއްބާ ކޮށްދިނީ، ކަމެއްވީނަމަ ރަނގަޅު، ވީކަމެއްހަރާން، ދެން އޮތީވަގުގެ ބޮޑުވަގު ވާހަކަ، ފުރަތަމަ ތިލިބުނު ނަމަކީ ވެސް ހާދަ ނުތާހިރު ނަމެކޭ، ވޯޓުން ވައްކަން ކޮއްގެން ވަގު ވެރިކަމެއް ކުރާ ބަޔަކަށް ދެން އިތުރަށް ކުރަންޖެހޭ ވައްކަމެއް ވޭތޯ،؟
ކޮން ވައްކަމެއްގެ ވާހަކައެއްތަ މި ދައްކަނީ، ވައްކަން ކުރިނަމަ ރާއްޖޭގެ އެންމެ މަތީ ކޯޓުން ވައްކަން ނުކުރާކަށް ކަނޑއެއްނޭޅީސް، އަދި މި ވަގުސަރުކާރުން ރޔާ.ީން ފެލާލަންވެގެން އެކީ ފަސްމިލިއަން ޑޮލަރުވެސް ދޭން ނުޖެހޭ ކަމަށް ކަނޑައެއް ނޭޅީސް، ހަސަނަށް ހީވާނެ ފުޅަށްބުޑުން ދަންޏާ ކެއޮގަނޑު ކަނޑާލާނޭ، ވަގުންނަށް ހީވާނެ ދެންތިބި މީހުންވެސް ވައްކަން ކުރާނޭ، އެހެންތާ ވާނީވެސް،
ކީއްކުރާނީ ވައްކަންކުރާމީހުން އެބަ އެނގޭނޫންބާ!! ގައުމުގެ ޚަޒާނާ ލޮވރލަެިފި، މާސިންގާ ބަޖެޓުތައްފާސް ކޮށް ކޮށްފާ ހަމަދަވާލަނީ ބައިމީހުނަށް އެކި ނަންނަމުގާ ބަހަނީ، ބައިހަދާފަ ގައުމުން ބޭރަށްގޮސް އަޗާތަޅަނީ، ދައުރު ނިމޭއިރުވެސް ގައުމަށް ކޮށްދިންކަމެއް ހަރާން، ރަށްރަށަށް އަރާ ބަނދަރު މައްޗަށް ވެލިކޮޅެއް އެއްކޮށްލުން ކުދިކުދި ހަޓުތަކެއް ޖެހުން އެއީ އަދިތަރައްގީއެއްނޫން ކަމެއް ކުރެވުމެއްނޫން، ރޔާމީން ކޮށްދެއްވި ކަހަލަ ބިޔަ ބޮޑެތި މަޝްރޫއެއް ހިނަގާލަ ބަލަ ނިކަން،
އެހެންމީހުނަށް ވަގަށް ގޮވާފަ ތިމާމެން ވައްކަން ކުރީމާ އެއީ ތިއްތި ކަމެއްނޫން، އެއަށް ކިއާނީ ވަގުންގެފޮށި ބާރަށް ބަނުން، އެނގިއްޖެތަ؟ އެނގިއްޖެދޯ،!!؟؟