ޚަބަރު ސިޔާސީ

ހޫނު މަރުޙަބާއިން އެނގެނީ އެމްޑީޕީ އަތުން އައްޑު ބީވެއްޖެކަން: ރައީސް ޔާމީން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އައްޑުއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ކީ ހޫނު މަރުޙަބާއިން އެނގޭ ކަމަކީ މިއަދު އެމްޑީޕީ އަތުން އައްޑު އަތޮޅު ބީވެއްޖެކަން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޔާމީން މިހާރު ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަބަދުވެސް އައްޑުއަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ މަނިކުފާނަށް ދަންނަވަނީ ހޫނު މަރުހަބާއެއް ކަމަށެވެ. އަދި މިއަދުގެ މަރުހަބާއަކީ އާދަޔާ ޚިލާފު މަރުބާއެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އައްޑުއަށް އެ މަނިކުފާނު ވަޑައިގަންނަވާތީ ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވިކަން ފާހަގަކުރައްވައި ވިދާޅުވީ ގޮނޑިއެއްހާ ހިސާބު ވެސް ނުދިނުމަށް ހުރިހާ މަދަރުސާތަކަށް އަންގާފައިވާ ކަމަށެވެ. އަދި ދަތުރުފަތުރު ކުރުމަށް ފަސޭހަވިޔަ ނުދިނުމަށްޓަކައި އުނދަގޫތައް ކުރިމަތި ކުރުވަން ވެސް އަންގާފައިވާ ކަމަށެވެ.

''ހާދަހާ ފޯރުންތެރިކަން ބޮޑުބައެކޭތީ. ހުރިހާ މަދަރުސާތަކަށް އަންގާފަ މިއޮތީ ގޮނޑިއެއްހާ ހިސާބު ވެސް ނުދޭށޭ. ހަމައެހެންމެ އެއްވެސް ގޮތަކަށް ދަތުރުފަތުރު ކުރުމަށް ފަސޭހަވިޔަ ނުދިނުމަށްޓަކައި ބަހެއް ވެސް ނުދޭށޭ. ދަތުރުފަތުރު ކުރުމުގެ އެއްވެސް ފަސޭހައެއްވިޔަ ނުދޭށޭ.'' އެމްޑީޕީއަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ އޮތީ ބޭރަށް ހިންގައިގެންފައި ކަމަށާއި އައްޑޫ ސިޓީ އެ ބޭފުޅުން އަތުން ބީވެގެން ހިނގައްޖެކަމަށް އެ ބޭފުޅުންނަށް ވެސް އެނގިވަޑައިގެންފި ކަމަށެވެ.

''އެކަމު އަޅުގަނޑަށް އަޅުގަނޑުގެ ރަޙްމަތްތެރިން މާލެއިން މި ފޮނުވާ މެސެޖުތަކުން އަޅުގަނޑަށް އިހްސާސްވޭ މި އޮތް.... ދެން އަޅުގަނޑު ހަމަ ދަންނަވާނީ ބޭރަށް ހިންގައިގެންފައޭ މި އޮތީ. ހަމަ ލޫސް މޯޝަން އިންތިހާއަށް. އެ ބޭފުޅުންނަށް މި އަދަދުތައް ފެނުނު. އެ ބޭފުޅުންނަށް ފެނޭ އެ ބޭފުޅުންގެ ރައީސް ވަޑައިގަތީމަ މެހެމާންދާރީ ކިޔާ ގޮތް ވެސް. މި ހުރިހާ ހިފެހެއްޓުމަކާ އެކީ ވެސް އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ތި ވިދާޅުވި މަރުހަބާއިން ހަމަ ޝައްކެއް ވެސް ނެތް ގޮތުގަ އެ ބޭފުޅުންނަށް ބޮޑުތަނުން އެނގިވަޑައިގަންނަވާ ކަންނޭނގެ އައްޑޫ ސިޓީ އެ ބޭފުޅުން އަތުން ބީވެގެން ހިނގައްޖެކަމަށް.''

ރައީސް ޔާމީން އައްޑުއަށް ކުރައްވާ މި ދަތުރުފުޅަކީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވާ 04 ވަނަ ދަތުރުފުޅެވެ. ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެ މަނިކުފާނު ފުރަތަމަ ވަޑައިގަތީ ދ.ކުޑހުވަދުއަށެވެ. ދެވަނަ ދަތުރުފުޅު ކުރެއްވީ ހއ .އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެއަށްފަހު ދެން ވަޑައިގަތީ ނ. އަތޮޅުގެ ބައެއް ރަށްތަކަށެވެ.

މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްސަދުތަކުގެތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރުމާއި, ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުން ކަމަށް އެ ޕާޓީން ބުނެއެވެ.

Ads by HDC
  1. ބަގީ

    މިދިޔަބުރު އަނދުން އަޅުވާލިގޮތަށް މިފަހަރުވެސް ރަނގަޅަށް ވާވައްދާލާތި ރައްޔިތުންނޭ! ވަގުކަލޭގެއަށް މިފަހަރުވެސް ދޯކާދޭނީ!