ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީން ޖަލަށްލުމަށްފަހު، ހުރިހައި ޤައިދީން މިނިވަން ކުރަން ޖާބިރު ގޮވައިލައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ޖާބިރު-- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށްފަހު ހުރިހާ ޤައިދީން މިނިވަން ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިއަދު ގޮވައިލައްވައިފިއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި ޖާބިރު ވިދާޅުވީ ރައީސް ޔާމީނަކީ ތަކުރާރުކޮށް ވައްކަން ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެ މަނިކުފާނު ހުންނެވި ތަނަކުން ހިފައި ހައްޔަރުކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށްލުމަށްފަހު ދެން ތިބި ހުރިހާ ޤައިދީން މިނިވަންކޮށް ގޮޅިތައް ސާފުކުރަންޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އޭނާގެ މައްޗަށް ފިޔަވަޅު ނޭޅިގެން މި އުޅެނީ ކީއްވެގެންތޯ. ވަގުތުން ވަގުތަށް އޭނާ ހުރި ތާކުން ހިފާ ހައްޔަރުކުރަންޖެހޭ.

މީގެ ކުރިން ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވައިލެއްވި ޖާބިރު ވިދާޅުވިއެވެ.

އަޅުގަނޑު ޤަބޫލުކުރަނީ މި ރާއްޖޭގެ ރައްޔިތުންނަށް އޮޅިގެންނުވާނެ ކަމަށް ވަގުންނަށް ވޯޓުދޭ ބަޔަކު ތިބީކަމަށްވަންޏާ ރާއްޖޭގެ މެޖޯރިޓީއަކީ ވަގުންކަމަށް ވަންޏާ އަޅުގަނޑު އެންމެ މިނެޓަކު ވެސް މި މަޖިލީހުގައެއް ނުހުންނާނަން

ޖާބިރު ވިދާޅުވީ އެހެންވެއްޖެނަމަ ވަގުތުން ވަގުތަށް އިސްތިއުފާދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވަނީ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ޖަލަށްލުމަށް ވެސް ގޮވައިލައްވާފައެވެ.

ޢުމަރު ނަޞީރު ކާށިދޫގައި ޖަލެއް އަޅަން އުޅުނީ އަޅުގަނޑު ހައްޔަރުކޮށް ބަހައްޓާފައި ގޮނޑި ހޯދަން.

ޖާބިރު ވިދާޅުވި ގޮތުގައި ޢުމަރު ނަޞީރު ޖަލު އަޅުއްވަން ގެންދިޔަ ދަނގަޑުތައް ކާާށިދޫ މަގުމަތީހުރެ ވަނީ ފީވެފައެވެ. އެހެންކަމުން ވަގުތުން ވަގުތަށް ޢުމަރު ހައްޔަރުކުރަންޖެހޭކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޢުމަރު ނަޞީރު ޖަލު އަޅަން ގެންދިޔަ ސާމާނު.. ދަނގަޑުތައް ކާާށިދޫ މަގުމަތީހުރެ ފީވެގެންދާތީ އޭނާ ކުންފުނިން ދަނގަޑުތައް ނަގާ, އޭނާ ހައްޔަރުކުރަން އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ގޮވައިލަން އެވަރުގެ ބޮޑު ވޭސްޓެއް ކުރީތީ. ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރައްވާފައިވާތީ. ޖާބިރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކަހަރުވައް

    ޖާބިރު ތިިކިއާ ޖަލެއްދެން ނުހުންނާނެ ރޔާމީން ލާނެ ޖަލެއް ދެން މިގައުމުގާ ނުހުންނާނެ އިޝާއަﷲ، ޖާބިރު ވެސް ރޔާމީންދެކެ ހާދަ ބިރެކޭ ތިގަންނަނީ ދޯ، ސަންސެޓުބަލަން ދިއަ ޖާބިރު ކީއްވެތަ ޖަލަށް ނުލާ ތިހުރީ އަނެއްކާ ފައިސާ ބަހީތަ؟؟