ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި އިތުރަށް ވޯޓް ކަރުދާސް އެޅި ކަމުގެ ތުހުމަތު ރޭނިސް ކުރައްވައިފި
މިދިޔަ އާއްދީތަ ދުވަހު ބޭއްވި އިދިކޮޅު ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި އިތުރަށް ވޯޓު ކަރުދާސް އަޅައި ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިލިމާލެ ދާއިރާ އަށް ވާދަކުރެއްވި ޖޭއެސްސީގެ ކުރީގެ މެމްބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ތުހުމަތު ކުރައްވައިފިއެވެ.
އެ ދާއިރާއަށް ވާދަކޮށް ކުރި ހޯއްދަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލެވެ. އޭނާއަކީ އެ ޕާޓީގެ ހަރަކާތްތަކުގެ ޗެއަރއެވެ.
"މިކަމުގައި ބައިވެރިވި ފަރާތްތަށް މިކަމަށް އަޅުގަނޑު ކައިރީވަނީ އިއުތިރާފްވެފަ" ރޭނިސް ސަލީމް ޝަކުވާ ހުށަހަޅަމުން ވިދާޅުވެފައިވެއެވެ.
ސަލީމް ތުހުމަތު ކުރެއްވި ގޮތުގައި ވޯޓް ކަރުދާސްތައް ފޮއްޓަށް އަޅާފައިވަނީ، ރައީސް ޔާމީނާއި ޕާޓީގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެގެން ކަަމަށް ބުނެ ކަމަށެވެ.
މިކަމާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އޭނާ "މިހާރު" ނޫހަށް ވިދާޅުވީ، އިންތިހާބު ކުރިއަށް ގެންދިޔައީ ވަކި ކޮމިޓީއަކުން ކަމަށާއި ޕާޓީގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅެއްގެ އަތްޕުޅަށް ވޯޓު ކަރުދާސް ނާރާނެ ކަމަށެވެ.
ތޮލާލް އިތުރަށް ވިދާޅުވީ ވިދާޅުވި ގޮތުގައި ވިލިމާލެ ވޯޓު ފޮށީގައި ވޯޓުލީ މީހުންނަށް ވުރެ އިތުރަށް ކަރުދާސް ހުރި މައްސަލަ އަނގަބަހުން ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ ޝަކުވާއަކީ އެ ފޮށީގައި އިތުރަށް ހަތަރު ވޯޓު ކަރުދާސް އޮތުން ކަމަށާއި އެއީ ނަތީޖާއަށް އަސަރު ކުރާނެ ފަދަ ކެމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ބޮޑު. ހުށަހެޅި ޝަކުވާ ކޮމިޓީއަކުން އަންނަނީ ބަލަމުން،" ތޮލާލް ވިދާޅުވިއެވެ.
ލަނޑައާއި ވާނީ ލަނޑައާއިއެވެ. ތިޔައީ ފަސްމާމުލުންގެ ޕާރޓީކަން ސަލީމަށް ބަރާބަރަށް އިނގޭނެއެވެ. ލައްޖަހާފައިނެތް އެކަކުވެސް އިސްސަފަކު ނުތިބޭނެއެވެ. އެންމެ މަތިން ފެށިގެންނެވެ.
ރޭނިސް ހަދަނީ ދޮގު .ވޮޓްލާފަ ވަނީ ރަނގަލަށް . ސަލީމް ބެލީ ކެމްޕޭނު ކުރުމަކާނުލާ ޔާމީނުގެ ވޮޓުން އޭނަ ހޮވޭނެ ކަމަށް . ސަލީމަށް ވުރޭ ޕާޓީއަށް މުހިންމީ މުހަންމަދު އިސްމާއީލް އެހެންވެ ޕަޓީ މެމްބަރުން މުހަންމަދު އިސްމާއީލަށް ވޮޓްދިނީ.
ހީކުރީ ރައީސް ޔާމީން ބުނީމަ ހޮވޭނެކަށް ދޯ
ރޭނިސް ހަދަނީ ދޮގު .ވޮޓްލާފަ ވަނީ ރަނގަލަށް . ސަލީމް ބެލީ ކެމްޕޭނު ކުރުމަކާނުލާ ޔާމީނުގެ ވޮޓުން އޭނަ ހޮވޭނެ ކަމަށް . ސަލީމަށް ވުރޭ ޕާޓީއަށް މުހިންމީ މުހަންމަދު އިސްމާއީލް އެހެންވެ ޕަޓީ މެމްބަރުން މުހަންމަދު އިސްމާއީލަށް ވޮޓްދިނީ.