ޚަބަރު އިޖުތިމާޢީ

ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ ބޮޑެއް ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސައްޙަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުންގެ މުއައްސަސާއިން މިއަދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްޙަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ.ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކުރީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ ސައްޙަ ނޫން ސްލިޕް ބޭނުންކޮށްގެން އެކި ދުވަސްމަތިން އެ ފިހާރައިން އޭނާ 170,000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ, ފުޅާދާއިރާއެއްްގައި އެކަން ކުރަމުންދާ މީހެއްކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!