ޚަބަރު ސިޔާސީ

ކަނޑުގެ ސަރަހައްދުން ބައެއް ދޫކުރުން ވެގެންދާނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ދެވޭނެ ފުރުސަތަކަށް: ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭން އެއްވެސް ސަރަހައްދެއް ދޫކޮށްލުމަށް އެއްބަސްވުން ވެގެންދާނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ދެވޭނެ ފުރުސަތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާ ކަނޑުގައި ސިނާއީ މަސްވެރިކަމަށް މުޅިން ހިމާޔަތްކުރެވިފައިވާ ހަމައެކަނި ސަރަޙައްދުތަކަކީ ރާއްޖެއާއި ޗާގޯސް ސަރަޙައްދު ކަމަށެވެ.

އަދި ރާއްޖޭގެ ހާލަތަށް ބަލާއިރު، މަސްވެރިކަން ކުރަނީ ދެމެހެއްޓެނިވި ފެންވަރެއްގައި ބަލަހައްޓަމުން ގެންދާ، “ޕޯލް އެންޑް ލައިން، ވަން ބައި ވަން”އުސޫލުގެ ދަށުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޗާގޮސްއަކީ ރައްކައުތެރި ކުރެވިފައިވާ ތަނެއް ގޮތުގައި ދެމެހެއްޓުމަށާއި މި ޙިމާޔަތްކޮށްފައިވާ ދަރަޖަ މުއްދަތެއް ނެތްގޮތަށް ދެމެހެއްޓޭނެ ގޮތްތަކާ ބެހޭގޮތުން ދިވެހިރާއްޖެއާ މަޝްވަރާކުރެއްވުމަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ގޮވާލައްވައިފައެވެ.

އަދި ޗާގޯސް އަށް ފުރިހަމައަށް ހިމާޔަތްކުރެވިފައިވާ މި ދަރަޖަ ދެމެހެއްޓުމަށް ރާއްޖެ، މޮރިޝަސް، ސީޝެލްސް، ސްރީލަންކާ އަދި އިންޑިއާ ފަދަ ހުރިހާ ފަރާތްތައް ގުޅިގެން އެއްބަސްވެވިދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެެވެ.

Ads by Ooredoo
  1. ލާހި

    ސިޔާސީ އިސްތިއުމާރީ ވަފާތެރި ކެހިވެރިން ދޯކާދޭނެ !