ދީން

ރުޅީގެ ތަންމަތީގައި ބުއްދި ނުނިންދަވާށެވެ.

  • ރުޅިއަކީ ނުރައްކާތެރި އިހްސާސެކެވެ. އެ އިހްސާސަކީ ވަރަށް ގިނަ ފަހަރަށް އެތަކެއް ގެއްލުމަކާއި ހިތްދަތިކަމެއް ދޭ އެއްޗެކެވެ. ނުހަނު އުފާވެރި އާއިލާތައް ރޫޅޭ ސަބަބެކެވެ. މިތުރުން ހަތުރުންނަށްވެ ، ހަސަދަވެރިކަމަށް ދިރުން ދޭ ވިހަ ގަދަ ހަތިޔާރެކެވެ.
ދެން އެމްވީ ، ދެން އޮންލައިން

ރުޅިއަކީ ނުރައްކާތެރި އިހްސާސެކެވެ. އެ އިހްސާސަކީ ވަރަށް ގިނަ ފަހަރަށް އެތަކެއް ގެއްލުމަކާއި ހިތްދަތިކަމެއް ދޭ އެއްޗެކެވެ. ނުހަނު އުފާވެރި އާއިލާތައް ރޫޅޭ ސަބަބެކެވެ. މިތުރުން ހަތުރުންނަށްވެ ، ހަސަދަވެރިކަމަށް ދިރުން ދޭ ވިހަ ގަދަ ހަތިޔާރެކެވެ.

Ads by MWSC

ހުރިހާ ކަމެއްގެ އެންމެ މަތިވެރި އިރުޝާދާއި ނަސޭޙަތެއް އުއްމަތަށް ދެއްވި ރަސޫލުﷲ ﷺގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَجُلًا قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَوْصِنِي، قَالَ: ((لاَ تَغْضَبْ)) فَرَدَّدَ مِرَارًا، قَالَ: ((لاَ تَغْضَبْ)). [صحيح البخاري ٦١١٦]

މާނައީ: އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

ރަސޫލުﷲ ﷺ ގެ އަރިހުގައި މީހަކު ދެންނެވިއެވެ. އަޅުގަނޑަށް ނަސޭހަތެއް ދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ރުޅިނާންނާށެވެ.” ފަހެ ތަކުރާރުކޮށް އެފަދައިން އެއްސެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ރުޅިނާންނާށެވެ.”

ވިސްނަވާށެވެ. މާތް ނަބިއްޔާ ތަކުރާރުކޮށް ކަމަކަށް ނަސޭޙަތްތެރިވާނީ ޔަގީނުންވެސް އެކަމުގެ ނުރައްކާ ބޮޑުކަމުންކަން ޔަގީނެވެ.

ރުޅި އަކީ ޝައިޠާނާގެ ނުބައި ވަސްވާސްތަކުގެ ތެރެއިން ވަސްވާހެކެވެ. އަހަރެމެންނަށް އޮތީ އެކަމުން ރައްކާތެރިކަން ދެއްވާތޯ ދުޢާ ދެންނެވުމެވެ.

ސުލައިމާން ބުން ޞަރްދު رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

كُنْتُ جَالِسًا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَرَجُلاَنِ يَسْتَبَّانِ، فَأَحَدُهُمَا احْمَرَّ وَجْهُهُ، وَانْتَفَخَتْ أَوْدَاجُهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((إِنِّي لَأَعْلَمُ كَلِمَةً لَوْ قَالَهَا ذَهَبَ عَنْهُ مَا يَجِدُ، لَوْ قَالَ: أَعُوذُ بِاللَّهِ مِنَ الشَّيْطَانِ، ذَهَبَ عَنْهُ مَا يَجِدُ)) [صحيح البخاري ٣٢٨٢]

މާނައީ: ނަބިއްޔާ ﷺ އަރިހުގައި ތިމަންކަލޭގެފާނު އިށީނދެ އިނީމެވެ. އަދި ދެ މީހަކު ޒުވާބުކުރަމުން ދިޔައެވެ. ފަހެ، އެތަނުން އެކެއްގެ މޫނުވަނީ ރަތްވެފައެވެ. އަދި ކަރުގެ ނާރުތައްވަނީ ފުއްޕާފައެވެ. ފަހެ، ނަބިއްޔާ ﷺ  ޙަދީޘްކުރެއްވިއެވެ. “އޭނާ އެބަހެއް ބުނެފިނަމަ، އޭނާއަށް ޖެހިފައިއެވާ ކަންތައް (އެބަހީ: ރުޅި) ފިލައިގެންދާނޭ ބަހެއް ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމެވެ. ((أَعُوذُ بِاللَّهِ مِنَ الشَّيْطَانِ)) (މާނައީ: ﷲގެ ޙަޟްރަތުން ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދެމެވެ.) މިފަދައިން އޭނާ ބުނެފިނަމަ އޭނާއަށް ޖެހިފައިއެވާކަންތައް (އެބަހީ:ރުޅި) ފިލައިގެން ހިނގައިދާނެއެވެ.”

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. ﷲ ތަޢާލާ ވަނީ އަހަރެމެންނަށް ބުއްދި ދެއްވާފައެވެ. އެ ބުއްދި ބޭނުން ކުރަން ޖެހޭނީ ހެޔޮ ގޮތުގައެވެ. ރުޅީގެ ތަންމަތީގައި ބުއްދި ނިންދަވަން ވެއްޖެނަމަ ، ބުއްދި ހަލާކުވެ ދާނެއެވެ. އެ ބުއްދިއަކުން ހެވެން ނުނިކުންނާނެއެވެ،

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!