ދުނިޔެ

ބާބުރީ މިސްކިތް ހުރިތަނުގައި ފައްޅި އަޅަން ބިންގާ އެޅިތާ 24 ގަޑިއިރު ތެރޭގައި އިންޑިއާ ފެންބޮޑުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ އާޔޮދްޔާ ސިޓީގައި ކުރިން ހުރި މުސްލިމުންގެ ތާރީޚީ މިސްކިތް ކަމުގައިވާ ބާބުރީ މިސްކިތް ތަޅާލުމަށްފަހު، އެތަނުގައި ހިންދޫއިންގެ ފައްޅިއެއް އަޅަން ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރިހިން ބިންގާއެއް އެޅިތާ 24 ގަޑިއިރު ތެރޭގައި އިންޑިއާގެ ބޮޑު ބައެއް އާދަޔާ ޚިލާފަށް ފެންބޮޑު ވެއްޖެއެވެ.

Ads by Sosun Fihaara

މީގެ ދެ ދުވަސް ކުރިން މުމްބާއިގެ ދެކުނު ސަރަޙައްދަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ މަގުތަކުގައި ވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފައެވެ.

ފެންބޮޑުވި ސަރަޙައްދުތަކަށް ބަލާއިރު ފޯޓް، ޗާރޗްގޭޓް، މެރިން ޑްރައިވް، ގިރްގައުމް، ބްރީޗް ކެންޑީ، ޕެޑަރ ރޯޑް ވެސް ވަނީ ފެންބޮޑުވެފައެވެ. މިސަރަޙައްދުތަކަކީ މީގެކުރިން ދުވަހަކު ވެސް ފެންބޮޑުވެފައިނުވާ ސަރަޙައްދުތަކެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެސަރަޙައްދުތަކުގައި މިފަދައިން ފެންބޮޑު ނުވާތާ މިހާރު 80 ވަރަކަށް އަހަރު ވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާގެ ބައެއް ގެތަކަށާއި އިމާރާތްތަކަށް ވެސް ވަނީ ފެން ވަދެފައެވެ. ނަމަވެސް އެެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް މިވިއްސާރައިގެ ސަބަބުން ވެފައެއް ނުވެއެވެ.

މުމްބައި އަށް ހުއްޓުމެއްނެތި 12 ގަޑިއިރަށްވުރެ ގިނައިރު ވާރޭ ވެހުނު ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

 

  1. މުހަންމަދު

    ރައްބުގެ ކޯފާ ތިމުޝްރިކުންނަށް ހައްގު ވެގެންވޭޭ.