ޚަބަރު ސިޔާސީ

ރިޒާވްގައި މިހާރު ހުރީ މަސް ދުވަހުގެ ކާޑު: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް--

ދަޢުލަތުގެ ރިޒާވްގައި މިހާރު ހުރީ އެއްމަސް ދުވަހުގެ ކާޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަރުކާރުގައި ސިޔާސީ މަޤާމުތައް، ކުރީ ސަރުކާރަށްވުރެ ގިނަކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު(ވައްޑެ) ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައިގެ މަންޒަރު ފެންނަ ވީޑިއޯކޮޅެއް ހިއްސާ ކުރައްވައި، ޝިޔާމް ޓްވިޓަރގައި ވިދާޅުވީ މި ސަރުކާރުގެ މަތިބަރު ވާހަކަ ދައްކަނީ ހަމައެކަނި އިދިކޮޅުން ނޫން ކަމަށެވެ.

"ޚުދު އެމްޑީޕީ މެންބަރުންވެސް މިދައްކަނީ އެވާހަކަ. ދަޢުލަތިގެ މަތިބަރުވެ ބޭކާރުޚަރަދުތައް ބޮޑުވެ ފައިސާހުސްވެ ކޮންޓުރެކްޓަރުންނަށް ފައިސާ ނުދެވި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައްހުރީ ހުއްޓިފައި. ރިޒާވުގައިހުރީ 1 މަސްދުވަހުގެ ކާޑު." ޝިޔާމް ވިދާޅުވިއެވެ.

ރަައްޔިތުންގެ މަޖިލީހުގައި އަންނަ އަހަަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން ވައްޑެ ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އެމްޑީޕީން، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ މަތިބަރު ވާހަކަ ދެއްކިކަން ފާހަގަކުރައްވައި، މިހާރު ކުރީ ސަރުކާރަށްވުރެ ސިޔާސީ ވަޒީފާތައް ގިނަ ކަަމަށް ވިދާޅުވެފައެވެ.

ވައްޑެ ވިދާޅުވީ ދައުރު ނިމިގެން ކުރީ ސަރުކާރުގެ ސިޔާސީ ވަޒީފާތައް ގުނާލިއިރު ހުރީ 470ގައި ކަމަށާއި މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގެ އަަދަދު މިހާރުވެސް 1068އަށް އިތުރުވެފައިވާ ކަމަށެވެ. މިއީ މަތިބަރުކަން ކުޑަ ކުރާނެ ކަމަށް ބުނި ސަރުކާރަށްވީ ވަރު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!