ފޭކު ޑޮލަރުން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފޭކު ޑޮލަރުތަކެއް ހިފައިގެން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މިއަދު ވިދާޅުވީ މަކަރާއި ހީލަތުން އޭނާ ފޯނެއް ގަންނަން މަސައްކަތް ކުރީ ސައްހަ ނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން ކަމަށެވެ.
އޭނާ ހައްޔަރުކުރީ މާލެއިންނެވެ. ނަމަވެސް އޭނާ ފޯނު ގަންނަން ގޮސް އުޅުނީ ކޮން ފިހާރައަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ދީފައެވެ.

Ads by Ooredoo