ޚަބަރު

ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ކޯޓުން ބަލައިގެންފި

ރައުފާ ރަޝީދު
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް`

ކުރީގެ ރައީސް އަބްދު ﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް މިއަދު ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރަނީ ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ރައީސް ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ކުރެއެވެ.

މި މައްސަލައިގައި މިއަދު ކުރިޔަށް ދިޔަ އަޑުއެހުމުގައި ޝަރީއަތުގެ މަޖިލީހަށް އާ ލިޔުންތަކެއް ހުށަހަޅުއްވައިފައިވެއެވެ. މި ލިޔުންތަކަކީ، ޔާމިންގެ ދިފާއުގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަހުގެ ސައްޙަކަމާމެދު ސުވާލު އުފެއްދުމުގެ އިތުރުން ހެކިބަސްތައް ނަފީކުރުމަށްޓަކާ ހުށަހެޅުއްވި ލިޔެކިޔުންތަކެއް ކަމަށް ދަޢުލަތުން ބުނެފައިވެއެވެ.

އެ ހެކި ބަލައިގަތުމަށް އިސްގާޒީ އަހުމަދު ޝަކީލް މިއަދު ނިންމެވުމުން، އެ ނިންމުން މުރާޖާކުރުމަށް އެ މައްސަލާގައި ޔާމީނާ އެކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލުން ވަނީ އެދިފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ ނިންމެވީ ކުރީގެ ޝަރީއަތުގައި އާއު ހެއްކާއިމެދު ޢަމަލު ކުރަން ނިންމާފައިވާ ގޮތާއި އެއްގޮތަށް ކުރިއަށް ދިއުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!