ހަގީގީ މުއުމިނަކީ އޭނާ ދިރިއުޅޭ ވެށި، ނުރައްކާތަކުން ރައްކާތެރިކޮށް ސަލާމަތްކޮށްދޭ މީހުން: ޚުތުބާ

ހަގީގީ މުއުމިނަކީ އޭނާ ދިރިއުޅޭ ވެށި، ނުރައްކާތަކުން ރައްކާތެރިކޮށް ސަލާމަތްކޮށްދޭ މީހެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އިންސާނުންނާއި ވެށީގެ ރައްކާތެރިކަން އޮތީ އިސްލާމްދީނުގައި" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ވެށި ތަޣައްޔަރުވެގެންދަނީ ހަމަ އިންސާނުންގެ އަތުން ކަމަށެވެ. އަދި މާތް ﷲ ފެނާއި، ވަޔާއި، ހަޔާތް ޚަލްގުކުރެއްވީ ސާފުތާހިރުކޮށް ކަމަށާއި، އެހެންނަމަވެސް އިންސާނުން ވިރާސީ މޭސްތިރިކަމުގެ ދަށުން މި ތަކެއްޗަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މާތް ﷲ ޚަލްގުކުރެއްވި ތަކެތި ދަނީ ތަޣައްޔަރުވަމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
“ޚުތުބާގައި ވަނީ ދިވެހިންނަކީ ކަނޑަށް ވަރަށް ބޮޑަށް ބަރޯސާވާ ބައެއް. އިގްތިސާދުގެ ބޮޑު ބައެއް ވެސް މިކަމަށް ބަރޯސާވާއިރު މިއަދު އަހަރުމެންގެ ދެ އަތުން ކަނޑަށް ވެސް އެތައް ގެއްލުމެއް ދެމުންދޭ” ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވެއްޓަކީ އަހަރުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބަހާ ކަމުގައިވާއިރު، އެތަން ފާސިދުވެއްޖެ ނަމަ އަހަރުމެންގެ ސިއްހަތު ފާސިދުވެގެން ހިނގައިދާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.