ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުގައި ވޭތުވެދިޔަ ހަތަރު އަހަރަކީ އެމްޑީޕީއާމެދު ރައްޔިތުން ކުރާ އުންމީދު ނަގައިލި ހަތަރު އަހަރު ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވެފައި މިވަނީ މި ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ރައީސް ޞާލިޙަށް ތާއީދު ކުރައްވާ މެންބަރުން ސަރުކާރު ދިފާޢު ކުރައްވައި ވާހަކަ ދައްކަވަމުންދާ ދަނޑިވަޅެއްގައެވެ.
ކްލަބު ހައުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން އުފެއްދި ފިކުރެއް ކަމަށެވެ.
މި ސަރުކާރު އައީ ހުރިހާ ބާރަކާއެކީ ކަމަށާއި މިއީ އެމްޑީޕީގެ ކުރިއެރުމަށް ނުވަތަ އެމްޑީޕީއަށް މީހުންގެ ތާއީދު އިތުރުކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. ނަމަވެސް ފެނިގެން މިދިޔައީ ޕާޓީ އުފެދި ކުރިއަރަމުންދާ ދިއުމަށް ބޮޑު ގޮންޖެހުމެއް ގެނެސް, ޕާޓީގެ ޢާންމު ރައްޔިތުންގެ އުންމީދު ނަގައިލި ހަތަރު އަހަރު ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާމެދު ރައްޔިތުން ކުރާ އުންމީދު ނަގައިލި ހަތަރު އަހަރު. މިއަށްވުރެ ބޮޑު ގެއްލުމެއް ނުދެވޭނެ.
އިންތި ވިދާޅުވީ ޕާޓީއަށް މި ލިބުނު ބޮޑު ގެއްލުން ފޫބެއްދޭނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށާއި އެހެންވީމާ މީ ވަރަށް ބޮޑު ނާއިންސާފެއް ޕާޓީއާ ދޭތެރޭގައި ވީ ހަތަރު އަހަރުކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
އިންތީ މޮޔަ ނުގޮވައި ހުރެވޭތޯ ބަލާ.