ޝަރުޢީ ދާއިރާ

އެއްމިލިއަން ޑޮލަރުގެ މައްސަލައިގައި ދައުލަތުން ދެކޭގޮތް ކިޔައިދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް`

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި އެ ފައިސާ ޔާމީނަށް ލިބިވަޑައިގަތް ގޮތްކަމަށް ދައުލަތުން ވިދާޅުވާ ގޮތް ދައުލަތުގެ ދައުވާގައި ތަފްސީލްކޮށްދީފިއެވެ.

Ads by MWSC

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމާލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމުގެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ.

ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު (15.45 މިލިއަން ރުފިޔާ) ނަގައި ލޯންޑާކުރި ކަމަށް ތުހުމަތުކުރެއެވެ.

މި މައްސަލައިގައި ދަޢުލަތުން ބުނެފައިވަނީ ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ 9 އޯގަސްޓު 2015ގައި ކަމަށެވެ. އަދި ހަމަ އެމަހުގެ 13ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ 99އިންސައްތަ ހިއްސާއާއެކު ޓޫޖީ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ކޮށްފައިވާ ކަަމަށެވެ.

އޭގެ ފަހުން ސެޕްޓެމްބަރު މަހުގެ 8ވަނަ ދުުވަހު ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 އިންސައްތަ ހިއްސާ އެލްއޭ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާފައިވާ ކަމަށާއި ޖެހިގެން އައި ދުވަހު އެމެއެމްޕީއާރްސީން ޓޫޖީއަށް ވ. އާރަށް ހަވާލުކޮށްފައިވާ ކަމަށް ދަޢުލަތުން ބުނެއެވެ.

އެމްއެމްޕީއާރްސީން ލީޒް އިކުއިޒިޝަން ކޮސްޓަށް 1 މިލިއަން ޑޮލަރު އެލްއޭ އިން އެމްއެމްޕީއާރްސީއަށް ދީފައިވެއެވެ. އަދި އެއާ އެކު ޔޫސުފް ނައީމަށް ވެސް 1 މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެއެވެ.

އޭގެ ފަހުން ސެޕްޓެމްބަރު 13، 2015 ވަނަ ދުވަހު އެލްއޭގެ ޗެކް ޔޫސުފް މައީމްގެ އެކައުންޓަށް ޖަމާވެފައިވެއެވެ. އަދި އެ މަހުގެ 15ވަނަ ދުވަހު ޔޫސުފް ނައީމްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޗެކެއް ވަނީ ދީފައެެވެ.

ސެޕްޓެމްބަރު 17، 2015 ވަނަ ދުވަހު އެޗެއެސްބީގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމްގެ އެ ޗެކް ޖަމާކޮށްފައިވެއެވެ. ޗެކާއެކު ފޮނުވި ސިޓީގައި ބުނެފައިވަނީ “ޕޮލިޓިކަލް ކެމްޕެއިނަށް” ކަމަށް ދަޢުލަތުން ބުނެފައިވެއެވެ.

އޭގެ ފަހުން ޕްބަރުއަރީ 22، 2016ގައި އިތުރު ފައިސާއާއެކި 1 މިލިއަން ޑޮލަރު ބީއެމްއެލް އެކައުންޓަކަށް ޖަމާކޮށްފައިވެއެވެ. އަދި ފެބްރުއަރީ 21، 2017ގައި އިތުރު ފައިސާއައެކު 1.2 މިލިއަން ޑޮލަރު، އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ޖަމާކޮށްފައިވެއެވެ.

އަދި މާޗް 14، 2017ގައި އިތުރު ފައިސާއާއެކު ޖުމްލަ 3.4 މިލިއަން ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ކަމަށް ދަޢުލަތުގެ ދައުވާގައި ބުނެފައިވެއެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ 1 ލައްކަ ރުފިޔާ އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގެ ފައިސާގެ އަދަދުގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޝަރީއަތުގައި މިހާރު ވަނީ ދެފަރާތުން ހެކި ހުށަހަޅާފައެވެ. ދެން އޮނާނީ ހެއްކާ ބެހޭގުން ވާހަކަދެއްކުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!