ޚަބަރު ސިޔާސީ

މަސައްކަތް ކުރަނީ ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދަމަހައްޓަން: އެމްއާރްއެމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ ވީ ނިއުސް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަސައްކަތްކުރާނީ ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދަމަހައްޓަން ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

އެމްއާރްއެމްގެ ތިންވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީ އުފެދިގެން އައީ ޤައުމީ މުހިންމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށެވެ. އަދި ޕާޓީގެ އެންމެ މުހިންމު އަސާސަކީ، ރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުންކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެމްއާރުއެމް މަސައްކަތްކުރާނީ ޤައުމަށް މަންފާކުރާ ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެން.

އެމްއާރްއެމްއިން އިތުރަށް ބުނީ ދައުލަތް ހިންގުމުގެ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި ޢަދުލު އިންސާފު ކަށަވަރުކުރުމަކީ އެ ޕާޓީގެ އަސާސްތަކެއް ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ވެސް އެ ޕާޓީގެ އަސާސްތައް ކަމަށެވެ.

Ads by HDC
 1. ބޮޑުތަކުރުފާނުހަވިއްތަ

  މައުމޫނު އަކީ ފަހުގެ ތާރީހެއްގައި މިގައުމު ދުއް އެއްމެ ބޮޑު ޖައްބާރު ދުނިޔެ ބަނޑުނޭޅިގެން އެއްމެފަހުން ގޮސް އޭނާ ބުނި ލާދީނީ މީހުން ޖަވާހިރައްވެއްޖެ އެމީހުންނައް ހިއްވަރު ދީގެން ގައުމު ވިއްކާލައިފި އެމީހުންނައް ހިއްވަރު ދީގެން ކޮއްކޮ ކތިލަމުން މިހާރު ދަނީ އެހެންވީމާ މިއައްވުރެ ނުބައި ދައްޖާލަކުވެސް ނެއްވަރުގެ ދައްޖާލެއްމީ ޔާﷲ މިކަހަލަ މީހުނގެ ނިމުން ހިތި ނިމުމެއް ކަމުގައި ލައްވާށި އާމީން

  • ޢަޒްރާ

   ޔާﷲ މިދެބެއިންގެ ހިތުގަވާ ޙަސަދަތައް ފިލައި މިދެބެއިންގެ ހިއްތަށް އެކަކު އަނެކަކަށް ސާފްކޮއްދެއްވާދޭވެ. މިދެމީހުންނަށް ހެޔޮވިސްނުން ދެއްވާމިދެމީހުން އެކުވެރި ކުރައްވާނދޭވެ. އަޅަމެންނަކީ އެކަކު އަނެކަށް ރަޙުމް ކުރާބަޔަކު ކަމުގައިލައްވާނދޭވެ. އާމީން

 2. ޢަޒްރާ

  ޔާﷲ މިދެބެއިންގެ ހިތުގަވާ ޙަސަދަތައް ފިލައި މިދެބެއިންގެ ހިއްތަށް އެކަކު އަނެކަކަށް ސާފްކޮއްދެއްވާދޭވެ. މިދެމީހުންނަށް ހެޔޮވިސްނުން ދެއްވާމިދެމީހުން އެކުވެރި ކުރައްވާނދޭވެ. އަޅަމެންނަކީ އެކަކު އަނެކަށް ރަޙުމް ކުރާބަޔަކު ކަމުގައިލައްވާނދޭވެ. އާމީން