ޤުރުއާނުގެ މޫރިތި އާޔަތްތަކުން ވޯލްޑްކަޕް ސްޓޭޑިއަމް ގުގުމާލައިފި
ގަތަރު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް ލިބުނު އެންމެ ބޮޑު ހައިރާންކަމަކީ ޚާއްސަ އެހީއަށް ބޭނުންވާ ގަތަރުގެ ވިޔަފާރިވެރިޔާ ޣަނީމް އަލް މުފްތާހް ފެނިގެން ދިޔުމެވެ.
މުފްތާހް ވަނީ ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާނުގެ އާޔަތެއް ހުށަހަޅައި ދެއްވާފައެވެ. މިއީ ބައިނަލްއަޤުވާމީ މިފަދަ ބޮޑު މުބާރާތެއް ފެށުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ފުރަތަމަ ފަހަރެވެ.
މުފްތާހް ކިޔައިދިން އާޔަތުގައި ވެއެވެ.
“"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި، އަންހެނަކުންނެވެ. އަދި ތިޔަބައިމީހުން މީސްތަކުންނާއި، قبيلة ތަކަށް ލެއްވީމެވެ. (އެއީ) ތިޔަބައިމީހުން އެކަކު އަނެކަކު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ މަތިވެރި މީހާއަކީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހާކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 49:13
މުފްތާހު މަޝްހޫރުވެފައިވަނީ 2018 ވަނަ އަހަރު އުމުރުން 16 އަހަރުގައި ޓެޑްކްސް ކަތާރު ޔުނިވަރސިޓީގައި އޭނާގެ ހާލަތު ކަމަށްވާ ކޮޑަލް ރިގްރޭޝަން ސިންޑްރޯމްއާ ބެހޭ ގޮތުން ދިން އިންޓަވިއުއަކުންނެވެ.
ފީފާ ވޯލްޑް ކަޕްގެ ރަސްމީ އެމްބެސެޑަރުންގެ ގޮތުގައި މިއަހަރު ހޮވިފައިވަނީވެސް އަލް މުފްތާހުއެވެ.