ކުޅިވަރު ފުޓްބޯޅަ ދުނިޔެ

އީރާން ޓީމުން ޤައުމީ ސަލާމް ނުކީ މިހެންވެ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އީރާނުގެ ގައުމީ ސަލާމް ކުޅެމުން ދިޔައިރު އީރާނުގެ ކުޅުންތެރިން ބައިވެރިއެއް ނުވޭ

ވޯލްޑް ކަޕްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކުޅޭ ޤައުމީ ސަލާމުގައި އެ ޤައުމުގެ ޤައުމީ ސްކޮޑުން ބައިވެރިނުވެ، ހިމޭން އިޙްތިޖާޖެއްކޮށްފިއެވެ.

Ads by STELCO
Ads by Sosun Fihaara

އީރާނުން ޤައުމީ ސަލާމް ކިޔަން ދެކޮޅު ހެދީ އަމިއްލަ ޤައުމުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ތާޢީދުކުރާކަން ހާމަކޮށެވެ.

ޤައުމީ ސަލާމުގެ ތެރެއިން ބައެއް ސަޕޯޓަރުން ހަޅޭއްލަވައި އަޑުގަދަ ކުރިއިރު އަނެއް ބަޔަކު ވަނީ "ވުމަން، ލައިފް، ފްރީޑަމް" ލިޔެފައިވާ ނިޝާންތައް ހިފަހައްޓައިފައެވެ.

އީރާނުގެ ކޯޗު ކާލޯސް ކުއިރޯޒް ވަނީ އޭނާގެ ކުޅުންތެރިންނަށް "އިޙުތިޖާޖު ކުރުމުގެ މިނިވަންކަން" އޮންނާނެ ކަމަށް ބުނެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މަހްސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، މަރުވުމާ ގުޅިގެން އީރާނުގައި ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

އީރާންގައި މުޒާހަރާ ކުރަމުން އަންނަނީ، އިސްތަށިގަނޑު ނިވާކުރުމުގެ އުސޫލާ ޚިލާފުވެގެން އުމުރުން 22 އަހަރުގެ އަމީނީ މޯރަލިޓީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުއްޓާ މަރުވި މައްސަލައިގައެވެ.

އެއާއެކު އެޤައުމުގައި މުޒާހަރާތައް ވަނީ ފެށިފައެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން ހިންގި ހަމަނުޖެހުންތަކުގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ 16،800 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ. އީރާނުގެ ސަރުކާރުން ބުނާ ގޮތުގައި، އެ މުޒާހަރާތަކަކީ ހުޅަނގުން ބާރު ދީގެން ސަރުކާރަށް ޕްރެޝަރު ކުރަން ކުރާ މުޒާހަރާ ތަކެކެވެ. ސަރުކާރުން ބާރުގެ ބޭނުން ކޮށްގެންވެސް އާންމު ރައްޔިތުން ހުއްޓުވަނީ އެހެންވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.

ފުޓްބޯޅަ ކުޅެމުން ދިޔަ ވަގުތު ވެސް އީރާންގެ ސަޕޯޓަކުން ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފައެވެ. ސަޕޯޓަރުން "ބޭ-ޝަރަފް" އޭ ކިޔާ އަޑު ވެސް އިވެމުން ދިޔަ އިރު، އޭގެ މާނައަކީ ފާރިސީ ބަހުން އިހާނެތި ކަމެކެވެ. މިއީ އީރާނުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް މުޒާހަރާގެ ބައިވެރިން ބޭނުންކޮށްފައިވާ ޚާއްސަ ލަފުޒެކެވެ.

އިއްޔެގެ މެޗު އީރާން ކުޅެފައިވަނީ އިނގިރޭސިވިލާތާއި ދެކޮޅަށެވެ. މެޗުން ބަލިވީ 6-2ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

  1. ސޮރު

    މެޗުގެ ނަތީޖާ ނުބައި! ތަންކޮޅެއް ރަނގަޅަށް ލައިވްސްކޯ ޑޮޓް ކޮމް ބަލާބަލަ!

  2. ކިންގު

    ސްކޯ ނުބާ، 6 / 2

  3. ގައްޒާފީ

    ލީބިޔާ އަށް ހެދިގޮތަށް އީރާންގެ ދުވަސް ދުއްވާލަން އެމީހުންގެ ރޭވުމަކީ ގައުމު ނުފުނޱޭހާހިނދަކު މުޒާހަރާ ކުރަމީހުން ފަހަތުގައި ބޭރުގެ މީޱިއާއޮންނާނެ

  4. ޢަލީ

    ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަމާއި ކުޅިވަރާ ރައްޓެހި ނޫން އެތައްކަމެއް މިފަހަރުގެ ފުޓުބޯޅަ މުބާރާތުން ފެނިގެން އެބަދެއެވެ. ކުޅިވަރަށް ސިޔާސަތު ވަދެ ކުޅިވަރުގެ އަސްލު ގެއްލިފަ ވާމަންޒަރު ފެނިގެން އެބަދެއެވެ. ހިތާމަ ހުރިކަމަކެވެ.