ކުޅިވަރު ފުޓްބޯޅަ

ލިބުނު މޮޅާ އެކު ސަޢުދީ ޓީމު ސަޖިދައަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގައި އާޖެންޓީނާއާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗް 2-1ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާއިން ކާމިޔާބުކުރުން ވެގެންދިޔައީ ކަޕްގެ ތާރީހުގައި ވެސް އެންމެ ބޮޑު ޝޮކެއް ލިބުނު އެއް ކަމަކަށެވެ.

Ads by MWSC

މި މެޗަށް އާޖެންޓީނާއިން ނުކުތްއިރު، އެޓީމުން އެންމެ ފަހުން ކުޅުނު 36 މެޗުން ވެސް ވަނީ މޮޅުވެފައެވެ. އަދި މި ބައްޔާއެކު އެ ރިކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.

"މިއީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް. އަހަރެމެން ދެކެމުން ދިޔައީ ވޯލްޑް ކަޕް ފަށުންވެސް މޮޅުކުރަން އެކަމަކު އެކަން ވެއްޖެ، މިހާރު އެބަޖެހޭ ޓްރެއިނިން ހަދައިގެން ކުރިއަށް ވިސްނަން” މެސީގެ ސްޓްރައިކް ޕާޓްނަރު މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ މި މެޗުން ބަލިވީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ދެ ވަނަ ހާފުގައި ތަފާތެއް ގެނެވޭނެ ކަންތައްތަކެއް ހުރި ކަމަށާއި އެ ގޯސްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އެ މެޗުގެ ނަތީޖާއާއެކު ސައުދީ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ޝުކުރުގެ ސަޖިދައަށް ތިރިވި މަންޒަރެވެ. އާޖެންޓީނާގެ ކުޅުންތެރިންގެ މޫނުމަތިން ފެނިގެން ދިޔައީ ހިތާމައެވެ.

އާޖެންޓީނާ އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ޖުލައި މަހު ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުންނެވެ. އަދި ވޯލްޑް ކަޕެއްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ބަލިވީ 1990 ވަނަ އަހަރު ކެމަރޫން އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

 

Ads by Ooredoo
  1. މަރީ

    ލިޔުމާ ގުޅޭ ވީޑީއޯ ކޮޅެއްގެ ލިންކް ލާދޭނަމަ ހަބަރުތައް ވަރަށް ސަޅި ވާނެ