ކުޅިވަރު ފުޓްބޯޅަ

ބަލިވީމަ ދައްކާނެ އުޒުރެއް ނެތް، އިތުރު ހިތްވަރާ އެކު އެނބުރި އަންނާނަން: މެސީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިވުމުން ދައްކާނެ އެއްވެސް އުޒުރެއް ނެތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

Ads by MWSC

މިއަދުގެ މެޗަށްފަހު މެސީ ދިން އިންޓަވިއުއެއްގައި ބުނީ މެޗުން ބަލިވުމުން ދައްކާނެ އެއްވެސް އުޒުރެއް ނެތް ކަމަށެވެ. އަދި “މިއީ އަހަރުމެން ކުރިއަށް ވުރެ ބޮޑަށް އެއްބައިވަންތަ ވާންވީ ވަގުތު. މިއީ ވަރުގަދަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް. މީގެކުރިން ވެސް ކުޅުންތެރިން ވަނީ އެކަން ދައްކާފައި” ކަމަށް މެސީ ބުންޏެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގައި އާޖެންޓީނާއާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗް 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ސައުދީ އަރަބިއްޔާއިންނެވެ.

މި މެޗަށް އާޖެންޓީނާއިން ނުކުތްއިރު، އެޓީމުން އެންމެ ފަހުން ކުޅުނު 36 މެޗުން ވެސް ވަނީ މޮޅުވެފައެވެ. އަދި މި ބައްޔާއެކު އެ ރިކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.

"މިއީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް. އަހަރެމެން ދެކެމުން ދިޔައީ ވޯލްޑް ކަޕް ފަށުންވެސް މޮޅުކުރަން އެކަމަކު އެކަން ވެއްޖެ، މިހާރު އެބަޖެހޭ ޓްރެއިނިން ހަދައިގެން ކުރިއަށް ވިސްނަން” މެސީގެ ސްޓްރައިކް ޕާޓްނަރު މާޓިނޭޒް ބުންޏެވެ.

އާޖެންޓީނާ އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ ޖުލައި މަހު ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުންނެވެ. އަދި ވޯލްޑް ކަޕެއްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ބަލިވީ 1990 ވަނަ އަހަރު ކެމަރޫން އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

Ads by HDC
  1. ތޮއިލާ

    ރާކަނި ކެވިއްޖެްްނުން