ޚަބަރު ސިޔާސީ

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ކާފަރު ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން: ޢަދާލަތު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަދާލަތު ޕާޓީގެ ރައީސް އިމްރާން މުޙައްމަދު--

އިސްލާމިކް މިނިސްޓްރީއާއި އެ މިނިސްޓްރީގެ މުވައްޒަފުން ކާފަރުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޢަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޢަދާލަތު ޕާޓީން މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ދެއްކެވި ވާހަކައަކާ ގުޅިގެން ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ.

އިއްޔެގެ ޖަލްސާގައި ބޮންޑެ ވިދާޅުވީ އިސްލާމިކް މިނިސްޓްރީ ހިޞާރު ކޮށްގެން ތިބީ ބަޣާވާތުގެ ބައެއް ކަމަށާއި އެއީ ކުފުރުގެ ބައެއް ކަމަށެވެ. އެއީ ޤާނޫނަކަށް ގަވާއިދަކަށް ކީރިތި ޤުރުއާނަކަށް ވަޙީ ބަސްފުޅަކަށް ޢަމަލުކުރާ ބައެއް ނޫން ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.

މި ވާހަކައާ ގުޅިގެން ޢަދާލަތުން ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރަށާއި އެ މިނިސްޓްރީގެ މުވައްޒަފުން ކާފަރުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ޢިއްޒަތާއި ކަރާމަތާ އެކަށީގެންވާ ކަމެއްވެސް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކު ކުރިޔަސް މުސްލިމުން ކާފަރުކުރުމަކީ ހަރުކަށި ހައްދުފަހަނައަޅާފައިވާ އަމަލެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދީފައިވާ ޚާއްސަ އިމްތިޔާޒުގެ ނިވަލުގައި ތިބެގެން މިފަދަ ހަރުކަށި ހައްދުފަހަނައަޅާފައިވާ ފިކުރު ފެތުރުމަކީ އެ ޕާޓީން ކުށްވެރިކުރާކަމެއް ކަމަށް ވެސް ޢަދާލަތު ޕާޓީގެ ޓުވީޓުގައި ވިދާޅުވިއެވެ.

Ads by Ooredoo
  1. އެކަމަކު އަސްލާންދީނާދެކޮޅައް ކުރާކަންތައް ހިތުންރުހުމުން ބަލާގަނެވެދޯ

  2. ރައްްޔިތުމީހާ

    އިސްލާމިކު މިނިސްޓްރީ މީހުން ކާފަރު ނުވިނަވެސް އިމްރާނަކީ ފާޅުވެގެންވާ މުނާފިގެއްކަން އެބައެނގޭ އެއީ މުނާފިގުންގެ ކިބައުގާ ހުންނަ ހުރިހާ އަލާމާތެއް އިމްރާނުގެ ގައިގައެބަހުރި