ޚަބަރު ސަރުކާރު ސިޔާސީ

ކޮންމެ ނިންމުމެއް ނިންމަން ކޯލިޝަނާ މަޝްވަރާކުރާކަށް ނުޖެހޭ: ރައީސް އޮފީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމަކާ ގުޅިގެން ކޯލިޝަނާ މަޝްވަރާކުރާކަށް ނުޖެހޭކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާ މަޝްވަރާތައް ކުރެވޭ ކަމަށާއި އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވޭ ކަމަށެވެ. އަދި ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ބޭނުންވާ ލަފާ ވެސް އެރުވޭ ކަމަށެވެ.

ކޮންމެ ދުވަހަކު ނަންގަވާ ކޮންމެ ޑިސިޝަނަކީ ކޯލިޝަންގެ ބޭފުޅުންނާ މަޝްވަރާ ކުރެވިގެން ނަންގަވާ ޑިސިޝަނަކަށް ނުވެދާނެ. ދެން އެ ގޮތަށްވާކަށް ނުޖެހޭ ހެން ހީވަނީ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މި އިންތިޚާބު ކުރަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް.

އެހެންކަމުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ކޯލިޝަންގައި އެކި ސިޔާސީ ޕާޓީތައް ހިމެނޭއިރު ޚިޔާލު ތަފާތުވުންތައް ވެސް ހުންނާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ކޯލިޝަން ދެމި މިއޮތީ ވަރަށް ބަދަހިކަމާއެކު ކަމަށެވެ.

މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުންނަވާ އެމްޑީޕީއަކީ ސިޔާސީ ދާއިރާގައި ވަރަށް ތަޖުރިބާހުރި އަދި ރާއްޖޭގެ އެންމެ ކާމިޔާބު ޕާޓީ ކަމަށާއި އެހެންކަމުން ކޯލިޝަނެއް ދެމެހެއްޓުމުގެ ގާބިލުކަން އެމަނިކުފާނުގެ ކިބައިގައި އެބަ ހުންނެވިކަން ފެނިގެން މިދަނީ ކަމަށެވެ.

Ads by HDC
  1. އަބްދޫ

    މިހާރު މިކުރާ ވެރިކަމަކީ ރައީސް ސާލިހްގެ ވެރިކަމެއްނޫން. މިހާރު މިކުރަނީ އެމްޑިޕީ ޖޭޕީ އަދާރަތު އެމްއާރު އެމްގެ ކޯލިސަން ވެރިކަމެއް . ސާލިހް އަކީ މި ޕާތީތަކުން ނެރުނު ކެންޑިޑޭޓް .ގާނޫނުއަސާސީގަ އޮންނަގޮތުން ރައީސުލް ޖުމްހުރިއްޔާއަކީ އަމިއްލަޔަށް އެއްވެސްކަމެއް ނިންމުމުގެ އިހްތިޔާރު އޮންނަ ފަރާތެއްނޫން. އެކަން ގާނޫނުއަސަސީގެ 97 އާއި އެހެނިހެނ ހައްގުތައް ބެލުމުން އެގިގެންދާނެ. ރައީސުލް ޖުމްހޫރިއްޔާއަކީ ވެރިކަންކުރާފަރާތް ކަމުގެ މާނަޔަކީ ގާނޫނު ތަންފީޒު ކުރާ ފަރާތް. ވީމާ ކޮންމެ ކަމެއް ނިންމޭނީ ކެންޑިޑޭޓްގެ ކޯލިސަން ޕާޓީތަކާ މަސްވަރާކުރުމަށްފަހު. އަމިއްލަޔަށް އެއްވެސް ކަމެއް ނުނިންމޭނެ.