ޚަބަރު

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަސްވެރިކަމަށް ނުކުމެ އުޅުނު "ހަނދުވަރީ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 43 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ވިދާޅުވީ ހއ. އިހަވަންދޫގެ އިރުން 18 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 11:14 ހާއިރު ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި އަނިޔާ ލިބުނު މީހާ ވަނީ މިއަދު 13:31 ހާއިރު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!