ޚަބަރު ސަރުކާރު

އިންކަމް ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް 298 މިލިއަން ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންކަމް ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް 298 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by MWSC

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 298.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 201.2 މިލިއަން ރުފިޔާއާ އަޅަބަލާއިރު 48.2 އިންސައްތަ އިތުރު އަދަދެކެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް 23.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 28.3 ހިއްސާ ވަނީ ޓެކްސްއިން ލިބޭ އާމްދަނީއެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 16.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އިންކަމް ޓެކްސް ނެގުމުގެ ގާނޫނު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރައީސް ތަސްދީގު ކޮށްދެއްވާފައި ވާއިރު، އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން 2020ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ވަނީ ފަށާފައެވެ.

ފަރުދުންގެ އާމްދަނީން ޓެކްސްގެ ބައިގައި ހިމެނެނީ މުސާރަ ނުވަތަ އުޖޫރަ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީއެވެ. މި ޓެކްސް ނަގަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!