ދީން

ދީނަށް ފުރައްސާރަކުރާ މީހުންނަށް މުހުލަތު ދެއްވަނީ އިޞްލާޙުވެ ތައުބާވުމަށްޓަކައި: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިސްލާމްދީނާމެދު ޝައްކު އުފައްދައި، ދީނަށް ފުރައްސާރަކުރާ މީހުންނަށް މުހުލަތު ދެއްވަނީ އިޞްލާޙުވެ ތައުބާވުމަށްޓަކައި ކަމަށް ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އަނިޔާވެރިންނަށް މާތް މުހުލަތު ދެއްވައެެވެ" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ އިސްލާމްދީން ވަނީ ހުރިހާ ގޮތަކުންެ ވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައި ކަމަށެވެ. އެއީ އޭގެ ނަތީޖާ ނުބައިވެގެންދާ، އަޚްލާގީ ގޮތުން ހުތުރު ސިފައެއް ކަމަށާއި އެކަމުގެސަބަބުން އިންސާނާގެ ނަފްސު އަބާއްޖަވެރިކަމާއި، ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅޭނެެ ކަމަށް ބުނެފައިވެއެވެ.

އަދި އިސްލާމްދީނާމެދު ޝައްކު އުފައްދައި، ދީނަށް ފުރައްސާރަކުރާ މީހުންނަށް މުހުލަތު ދެއްވަނީ އޭނާ އިޞްލާޙުވެ ތައުބާވުމަށްޓަކައި ކަމަށާއި މީހަކަށް އަނިޔާއެއް ކުރާ އިރަށް އެމީހަކަށްއުގޫބާތް ނުދެއްވާނެ ކަމަށާއި ބައެއް ފަހަރު އަނިޔާވެރިންނަށް އުޤޫބާތް ނުދެއްވަނީ އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށް ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ސުންނަތުގެ ތެރޭގައި އެއްބަޔަކު މެދުވެރި ކުރައްވާ އަނެއް ބަޔަކު އިމްތިހާނު ކުރައްވާ ކަމަށާއި މާތް އަނިޔާވެރިންނަށް ދެއްވާ މުހުލަތުގެ ތެރޭގައި އެމީހުން އަނިޔާވެރިވާ ނަމައެކަންތައް ވާނީ އެބައިމީހުންނަށް ވާ އިމްތިހާނަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!