ޚަބަރު ސިޔާސީ

ވައްޑެގެ ސުވާލެއް: ނިޒާމީ ވޯޓަކަށްދާން ޖެހިލުންވަނީ ކީއްވެބާ؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު--

ދިވެހިރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ އާންމު ވޯޓަކަށް ދިޔުމަށް ސަރުކާރުން ޖެހިލުންވަނީ ކީއްވެގެންތޯ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑެ) ސުވާލު އުފައްދަވައިިފިއެވެ.

Ads by STELCO

ވައްޑެ މި ސުވާލު ކުރައްވައިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގެ ތެރޭގައި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމުގެ ވޯޓެއް ނަގަން ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުން އެއްބަސްވެފައި ނެތް ކަމަށާއި، އެ ވާހަކަ މެނިފެސްޓޯގައިވެސް ނެތް ކަމަށް ސަރުކާރުން ވިދާޅުވުމާ ގުޅިގެންނެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި އެމްޑީޕީން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވަޢުދުވެފައިވާނެ ކަމުގައެވެ. ނިޒާމީ ވޯޓެއް ނުނަގައި، އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގެ ވާހަކަ ދެއްކުން ރަނގަޅު ނޫންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު އޮންލައިން ނޫސް "މިހާރު"އަށް ވިދާޅުވީ ނިޒާމީ ވޯޓު ނެގުމަކީ ސަރުކާރުގެ ވަޢުދެއް ނޫން ކަަމަށާއި، 2018 ވަަނަ އަހަރުގެ ކޮންގްރެސްގައިވެސް އެގޮތަށް ނުނިންމާ ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ރައީސް ނަޝީދު ވަކާލަތު ކުރައްވަމުން އަންނައިރު، މި މަސައްކަތުގައި އެމަނިކުފާނުގެ ފެކްޝަނުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2007 ވަނަ އަހަރު ވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިފައެވެ. އެ ފަހަރު ރައްޔިތުންގެ ތެރެއިން 92 އިންސައްތަ މީހުން ވޯޓު ދިނީ ރިޔާސީ ނިޒާމަށެވެ.

 

  1. އިއްބެ

    ރައްޔިތުންބަރުލަމާނީއަށްވޯޓުނުދޭނެކަންއެނގޭތީއެވެ ވޯޓައްޚަރދުވާވަރުވައްޑޭއަށްނޭންގުނަސްއަރެމެންނަށްއެގެއެވެ ަ ރައްޔިތުންފެލައިގެންފައިސާހޯދައިބޮޑުމުސާރަނަގައިއަދިވެސްރައްޔިތުންނަށްދެވެންއޮތްގެއްލުމެއްދޭންޤަސްދުކުރާނަމ ހަޅޭނުލަވައިއިސްތިއުފާދީފައިގެއަށްދޭބަލަ

  2. ފައިނު

    ރ.އަތޮޅު ފައިނު ގޮނޑުދޮށުގަ ވަރަށް ގިނައިން ހުންނާނެ ބަރުލަމާނީ ސިޔާސީ ވަޅުގަނޑުތައް. އެއިން ވަޅުގަޑަކަށް މީހަކަށް އެރިއްޖެއްޔާ އެ ވޯޓުލެވުނީ ބަރުލަމާނީ ތަފާލަކަށް. ވަހީދޫ ކަލޭ ދާންވީނޫންތޯ ތިރަށަށް ބާރުލަމާންޏަށް ވޯޓުދޭން.