ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފިރިހެނަކު ބަޔަކަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލައެއް!

ހުޅުމާލޭގައި އަލަށް ހެދި މެޑިކަލް ފެސިލިޓީގައި ފިރިހެނަކު ބަޔަކަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މިމައުލޫމާތު ހިއްސާކުރި މީހަކު ބުނީ، މިފިރިހެން މީހާ އެފެސިލިޓީގައި ތިބޭ އެހެން މީހުންނަށް "ފެންނަ ގޮތަށް" އޭނާގެ ލަދުވެތި ގުނަވަނުގައި އަތް އަޅައިގެންދާ ކަމަށެވެ.
މީގެއިތުރުން އެތަނުގައި ތިބޭ މީހުން ނިދާފައި ތިއްބާ އެމީހުންގެ ފޮޓޯ ވެސް ނަގާކަމަށް އެމީހާ ބުނެފައިވެއެވެ.
އެފެސިލިޓީގައި އަންހެނުންނާއި ފިރިހެނުން ބައިތިއްބާފައި ހުންނަތަން ޕާޓިޝަނެއް ޖަހާ، ހުންނަނީ ވަކިކޮށްފައެވެ.
މިމައްސަލަ އެފެސިލިޓީގެ ސީއީއޯ ގާތު ދެންނެވުމުން އެތަނުގައި ގާޑެއް ބެހެއްޓި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
މިކަމާއި ގުޅޭގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.