ކުޅިވަރު ފުޓްބޯޅަ

ވޯލްޑްކަޕްގައި މިހާރު ބޭނުންކުރަނީ ސްމާޓް ބޯޅަ, މެޗުތަކުގެ ކުރިން ޗާޖު ކުރަން ޖެހޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަހަރުތައް ފާއިތުވަމުން ދާއިރު ޓެކްނޮލޮޖީއަށްވެސް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އާންމުންގެ ތެރޭގައި މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ވޯލްޑްކަޕްގައި ބޭނުންކުރާ ބޯޅަތައް ޗާޖު ކުރާ ވާހަކައެވެ. ވޯލްޑް ކަޕް ވަރަށް ގާތުން ބަލަމުން އަންނަ މީހަކަށް ސައިޑްލައިންގައި ބޯޅަތައް ޗާޖުކުރާތަން ފެނިދާނެއެވެ. މިއީ އާދަޔާ ހިލާފު ކަމެއް ކަމަށް ހީވިޔަސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅަތައް ހައިޓެކް ކުރަން ފީފާއިން ނިންމި ސަބަބެއް އެބައޮތެވެ.

Ads by STELCO

ވޯލްޑް ކަޕަށް ބޭނުންކުރާ "އަލް ރިހްލާ" ބޯޅަތަކަކީ އެޑިޑާސް އިން އުފެއްދި ބޯޅަތަކެކެވެ. ކޮންމެ ބޯޅައެއްގައި ވެސް ރިއަލް ޓައިމްގައި ސްޕެޝަލް ޓްރެކިން ކުރެވޭނެ ސެންސަރެއް ހަރުކޮށްފައި ހުރެއެވެ. މި ސެންސަރުތަކުގެ ސަބަބުން އޮފްސައިޑް ރިވިއުތައް އިތުރަށް ސައްހަވާނެއެވެ. އަދި އެންމެ މުހިންމު ކަމަކީ އެކަމުގެ ސަބަބުން ނިންމުންތައް ނިންމުމުގެ މަރުހަލާވެސް ހަލުވިވެގެންދާނެކަމެވެ.

އެއް ސެންސަރަކީ ޖީޕީއެސް ނުވަތަ ބްލޫޓޫތަށް ވުރެ ސައްހަ އަލްޓްރާ ވައިޑްބޭންޑް (ޔޫޑަބްލިއުބީ) ސެންސަރެކެވެ. މިކަމުގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް ބޯޅަ ހުރި ތަނުގެ ސީދާ ޑޭޓާ ދީ، ރިއަލް ޓައިމްގައި އެ ޑޭޓާ ޓްރާންސްމިޓް ކޮށްދެއެވެ. ދެވަނަ ސެންސަރަކީ އިނާޝަލް މެޝަމަންޓް ޔުނިޓް (އައިއެމްޔޫ) ސެންސަރެވެ. މި ސެންސަރުން ބޯޅަ ހިނގަމުންދާ ގޮތުގެ ގްރެނިއުލަރ ލުކެއް ދައްކުވައިދެއެެވެ.

ވޯލްޑްކަޕް މެޗުތަކުގައި ކުޅުންތެރިންނަށް ބޯޅައިގައި އަތްލެވޭ ކޮންމެ ފަހަރަކު ސެންސަރުން ސިކުންތަކު 500 ފްރޭމްގައި ޑޭޓާ ނަގައެވެ. އެ ޑޭޓާ ވަގުތުން ދަނޑުގެ ވަށައިގެން ހަރުކޮށްފައިވާ ލޯކަލް ޕޮޒިޝަން ސިސްޓަމް (އެލްޕީއެސް) އަށް ފޮނުވައި، އެ މައުލޫމާތު ރައްކާކުރެއެވެ.

މި ސެންސަރު އުފައްދާ ކިނެކްސަން އަކީ ސްޕޯޓްސް ޓެކްނޮލޮޖީގެ ގިނަ ތަކެތި ތައްޔާރުކޮށް ތަޖުރިބާތަކެއް ލިބިފައިވާ ބޮޑު ކުންފުންޏެކެވެ. ފީފާއިން މި ބޯޅަތައް ބޭނުން ކުރަން ނިންމުމުގެ ކުރިން އެ ކުންފުނިން ވަނީ ސެންސަރު ތަކާއެކު ބޯޅަތައް ހަދައި ޓެސްޓު ކުރުމަށް ހަ އަހަރު ހޭދަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!