ފުޓްބޯޅަ

ވޯލްޑްކަޕްގެ އިތުރު މެޗެއް ދެން ނުބަލާނަން: ވެންޑައިކް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑްކަޕްގެ އިތުރު މެޗެއް ދެން ނުބަލާނެ ކަމަށް ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނެފިއެވެ.

Ads by MWSC

2006 ވަނަ އަހަރަށްފަހު މުބާރާތުގެ ސެމީފައިނަލަށް ނުގޮސް ނެދަލޭންޑްސް ފުރަތަމަ ފަހަރަށް ކުއާޓާގައި އާޖެންޓީނާ އަތުން ބަލިވެ ވަނީ ކަޓާފައެވެ. މުބާރާތުގެ ކުއާޓާފައިނަލްގައި އާޖެންޓީނާ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެން 4-3ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު މީޑިއާތަކުން ވެންޑައިކްއާ ވަނީ ސުވާލުކޮށްފައެވެ. ސުވާލުކޮށްފައިވަނީ އާޖެންޓީނާއަށް މެސީއާއެކު ވޯލްޑްކަޕް ކާމިޔާބު ކުރެވިދާނެތޯއެވެ.

"އެއީ އަހަންނަކަށް މުހިއްމު ކަމެއް ނޫން. ވޯލްޑް ކަޕް އިތުރަކަށް ދެން ނުބަލާނަން." އެ ސުވާލުގެ ޖަވާބު ވެންޑައިކް ދިނީ ވަރަށް ކުރުކޮށެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ނެދަލޭންޑްސްގެ ގައުމީ ޓީމާއެކު ވެންޑައިކް ކުޅުނު ފުރަތަމަ ބޮޑު މުބާރާތެވެ.

މިއަހަރުގެ ސެމީއަށް ގޮސްފައިވަނީ ފްރާންސް، މޮރޮކޯ، އާޖެންޓީނާ އަދި ކްރޮއޭޝިއާއެވެ. ފްރާންސްއާ ސެމީގައި ބައްދަލު ކުރާނީ މޮރޮކޯއިންނެވެ. އަނެއްކޮޅުން ކޮޅުން ބައްދަލު ކުރާނީ އާޖެންޓީނާއާއި ކްރޮއޭޝިއާއެވެ. މި މެޗްތައް އޮންނާނީ 14 ވަނަ 15 ވަނަ ދުވަހު މެންދަމު 12 ޖަހާއިރުއެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!