އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ ފުޓްބޯޅަ ފޯރި: ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ގަތަރަށް ދާން ތައްޔާރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް މެޗުގައި ފްރާންސް އާއި މޮރޮކޯ ބައްދަލުކުރާ މެޗު ލައިވްކޮށް ބަލާލުމަށް އުރީދޫ ފުޓްބޯލް ފޯރި ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިން ގަތަރަށް ދާން ތައްޔާރުވެއްޖެއެވެ.

Ads by STELCO

އުރީދޫން ވިދާޅުވީ ސެމީ ފައިނަލް މެޗު ލައިވްކޮށް ބެލުމަށް ގަތަރަށް ފުރާ ހަތަރު ހަތަރު ނަސީބުވެރިންނަށް ރަސްމީކޮށް މިއަދު ޓިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ.

ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރ ހާފިޒް ސައީދެވެ.

މި ހަތަރު ނަސީބުވެރި ފަރާތުން ގަތަރުގައި 4 ދުވަހާއި 3 ރޭ ތިބޭއިރު ފީފާ ވޯލްޑް ކަޕް 2022 ގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިންއުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށެވެ. ފީފާ ވޯލްޑްކަޕް ގަތަރު 2022 އަކީ އުފާވެރި އަދި ފޯރި ގަދަ ފުޓްބޯޅަފެސްޓިވަލަކަށް އުރީދޫ މޯލްޑިވްސް އިން ހުރިހާފަރާތްތަކަށް އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!