ހެލްތު މިނިސްޓްރީގެ ޕީއެސް އަކަށް ސާމިޔާ

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމަށް އައިޝަތު ސާމިޔާ އައްޔަން ކުރައްވައިފިއެވެ.
ހެލްތުގެ ޕީއެސްގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ސާމިޔާ މިހާތަނަށް ހުންނެވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.
ޕާމަނަންޓް ސެކްރެޓަރީންނަކީ މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވަންޓުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ފަރާތެވެ.
ހެލްތުގެ ޕީއެސްގެ މަގާމު ހުސްވީ މިދިޔަ ފެބްރުއަރީ މަހު އެ މަގާމުގައި ހުންނެވި ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމުމާ ގުޅިގެންނެވެ.
އެ ކޮމިޝަނުން ބުނީ އޭނާ ވަކި ކުރަން ނިންމީ މައްސަލައެއް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އޮފީސްތެރޭ ކާއެއްޗެހި ގެނެސްގެން މުސްކުޅިފުރައިގެ ޑެޕިއުޓީންނާ ޑިރެކްޓަރުންނަށް ނާޗަރަންގީ ނުކުޅެވެންޏާ ހަދާލާނީ ބޭނުން ގޮތެއް.