ޚަބަރު ސިޔާސީ

''ފެލާލައިފި'' ނަމުގައި އިދިކޮޅުގެ ޚާއްސަ ޖަލްސާއެއް މި މަހުގެ 23 ގައި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިދިކޮޅު ފަރާތްތަކުން މާލޭަގައި ބޭއްވި އިންޑިއާ އައުޓް މުޒާހަރާގެ ތެރެއިން.. ދެން އިމޭޖްސް

ފެލާލައިފި'' ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

Ads by Sosun Fihaara

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމަށް ނިންމާފައިވާ ކަމަށާއި އެ ގޮތުން 23 ޑިސެމްބަރުވާ ހުކުރު ދުވަހުގެރޭ 20:30 ގައި ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މި ޖަލްސާއަށް މި ކިޔާ ނަމަކީ ''ފެލާލައިފި''. މި ނަން ޚާއްސަވާ ސަބަބަކީ މިހާރު މި އޮތް ދިވެހި ސަރުކާރަކީ ރައްޔިތުން ފެލާލައިގެން ވެރިކަން ކުރާ ސަރުކާރަކަށްވާތީ.

''ފެލާލައިފި'' މި ނަމުން ޖަލްސާއަށް ނަން ދެވުނު ސަބަބުތައް ހީނާ ވަނީ ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ ޑޮލަރުގެ އަގު މަތިވެ ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށާއި އަދި އަންނަ އަހަރުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ބިލެއް ވެސް ފާސްކޮށްފި ކަމަށެވެ.

ޖޫރިމަނާގެ ގޮތުގައި ވެސް އެކި ގޮތްގޮތުން ރައްޔިތުން ''ފެލަމުން'' ދާ ކަމަށާއި ދައުލަތުގެ މާލިއްޔާގައި ހުސްކޮށްލައި މުޅިން ''ދޮވެލައިފައިވާ'' ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ވެރިކަމަށް ހުންނެވީ ފަތުރުވެރިއެކޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށާއި އެ ގެންދަވަނީ ތިން އިރު ދުނިޔެ ވަށާ ބުރުޖައްސަވަމުން ކަމަށެވެ.

  1. ރައްޔިތުމީހާ

    “ފެލާލައިފި” މިނަމުގައި ޖަލްސާއެއް ބޭއްވިޔަކަނުދޭނެ އިބޫގެ ނާގާބިލް ސަރުކާރަކުން އެބައިމީހުންނަކަށް ހަޖަމެއްނުކުރެވޭނެ އަދި އިބޫގެ ސަރުކާރުން ކިޔާއެއްޗެއްދޯ އިމެއްނެއްވަރަށް މިނިވަންކަންވެސް ދީފައޮތްކަމަށް އެމިނިވަންކަންވެސް ދީފައޮތީ ފަސްޓްލޭޑީ ފަޒުނާއަށޭ އެވެސް ފާޚާނާތެރޭގަ ފަޒުނާ ބޭނުންކޮންމެ ކަމެއްކުރުމަށް ފާޚާނާއިންބޭރުގަ ފަޒުނާއަށްވެސް މަނާވާނެ