ފުޓްބޯޅަ

މާޓިނޭޒް ހުތުރު އިޝާރާތެއް ކުރި ސަބަބު ކިޔައިދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑް ކަޕްގެ އެންމެ މޮޅު ކީޕަރަށް ދިން ގޯލްޑަން ގްލޯވް އެވޯޑާ އެކު އާޖެންޓީނާގެ ގޯލް ކީޕަރު އެމިލިއާނޯ މާޓިނޭޒް ހުތުރު އިޝާރާތެއް ކުރި ސަބަބު ހާމަކޮށްފިއެވެ.

Ads by STELCO

ޕެނަލްޓީ ޖަހައިގެން ރޭގެ ފައިނަލް މެޗުގައި ޗެންޕިއަންކަން އާޖެންޓީނާ ހޯދި މެޗުގައި، މާޓިނޭޒްގެ ހިތްގައިމު ސޭވްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި އިތުރު ވަގުތުގެ ފަހު މިނެޓުގައި ރަންޑަލް ކޮލޯ ދިން ހަމަލާއަށް އެޅި ހުރަސް ފާހަގަކޮށްލެވެއެވެ. އެ ހުރަހަކީ މިފަހަރުގެ ވޯލްޑްކަޕްގައި ފެނިގެން ދިޔަ އެންމެ މުހިންމު ހުރަސް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެެއެވެ.

އާޖެންޓީނާގެ ނޫހަކާ ވާހަކަ ދައްކަމުން މާޓިނޭޒް ބުނެފައިވަނީ އެގޮތަށް އިޝާރާތެއްކޮށްފައިވަނީ ފްރާންސްގެ ސަޕޯޓަރުންނާ ދިމާއަށް ކަމަށެވެ. އަދި އެކަން ކުރީ ޕެނަލްޓީ ޖެހި ވަގުތުގައި އޭނާއަށް ޖެއްސުން ކުރުމަށް ހަޅޭލެވުމުން ކަމަށް ވެސް ބުންޏެވެ.

ވޯލްޑްކަޕްގައި އޭނާގެ ފަރާތުން އިތުރު ހުތުރު ކަންކަމެއް ވެސް ވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ނެދަލެންޑްސްއާއެކު ކުއާޓާރގައި ކުޅުނު މެޗަށްފަހު، ދަނޑުމަތީގައި ހުރެ އޭނާ ވަނީ އައު ގުރާނަ ގޮވާފައެވެ.

30 އަހަރުގެ މާޓިނޭޒް ބުނެފައިވަނީ ރޭގެ މެޗަކީ ވަރަށް ޕްރެޝަރުގައި ކުޅުނު މެޗެއް ކަމަށާއި ފަހު ވަގުތު ކުރެވުނު ސޭވްއާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

މާޓިނޭޒްގެ މިއަމަލާއި ގުޅިގެން ފީފާއިން އަޚްލާޤީ ފިޔަވަޅެއް އަޅާނެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by Allied Insurance
  1. އަހުމަދުނިޒާމް

    އަޅުގަޱުގެނަޒަރުގާ އާޖަންޓީނާގެ ކީޕަރަކީ ދުނިޔޭގެ ތާރީހުގާވެސް އެވަރުގެ ބޮޱުރަސްމިއްޔާތެއްގާއެއްމެ ހަޱިމުޱުދާރު އަމަލެއްހިންގިމީހާ އޭނާޔަށް ދެވުނު ޓުރަފީވެސް ފީފާއިން ނަގަންޖެހޭ އަދި ކުރިޔަށްއޮއް ވޯލްޱުކަޕުގާ ނުކުޅެވޭގޮތްވެސް ހަދަންޖެހޭ މީއަޅުގަޱުގެހިޔާލު

    • ބާޖިޔޯ

      ތިކަހަލަ ހޭބަލިވެފަ ތިބޭ ނަފްސާނީ ބަލިމާނުންނެއް ނޫނޭ ފީފާގަ ތިބެނީއަކީ

    • ހައްހައްހާ

      ހައްަހައްހާ

  2. ކިނބޫ

    ހުތުރު އިޝާރާތުގެ ފޮޓޯ ނުޖެހިޔަސް ވެދާނެ. ބޮޑުވަރު.