ފުޓްބޯޅަ

ކޮލޯ މުއާނީ، އެމްބާޕޭ ގޯލް ސެލެބްރޭޓް ކުރަން ހުރަސްއެޅީ ކީއްވެ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑް ކަޕްފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭ ދެވަނަ ގޯލާއެކު  އުފާފާޅުކުރުމަށް ތިއޯ ހެނާންޑޭޒް ދަނޑުން ފައިބަން މަސައްކަތް ކުރުމުން ފްރާންސްގެ ކުޅުންތެރިއަކު އޭނާ ހުއްޓުވި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

Ads by STELCO

އާއްދީތަ ދުވަހު އޮތް މެޗުން ޕެނަލްޓީ ޖަހައިގެން ފްރާންސް ވަނީ ދަށްވެފައެވެ. މެޗުގެ ކުރީ ކޮޅުގައި އާޖެންޓީނާއިން ދެ ލަނޑާއެކު ލީޑް ޖަހާފައި އޮއްވާ، މެޗު ނިމެން ދިހަ މިނެޓަށް ވެފައި އޮއްވާ، އެމްބާޕޭގެ ދެ ގޯލާއެކު، މެޗު ވަނީ އެއްވަރުވެފައެވެ.

މެޗު އެއްވަރު ކުރަން އެމްބާޕޭ ޖެހި ގޯލު ސެލެބްރޭޓް ކުރަން، ބެންޗްގައި ތިބި ކުޅުންތެރިންވެސް ދަނޑަށް ވަނީ އަރާފައެވެ. އުފާފާޅުކުރުމަށް  ރަންޑަލް ކޮލޯ މުއާނީ އެރަން އުޅުމުން ހެނާންޑޭޒް ވަނީ އެކަމަށް ހުރަސް އަޅާފައެވެ.

އޭސީ މިލާންގެ ލެފްޓް ބެކް ހެނާންޑޭޒް އިން ވަނީ ކޮލޯ މުއާނީ އަނބުރާ ސްޓޭޑިއަމް ޓާފަށް ވައްދާލައިފައެވެ.

އެއާއެކު ހެނާންޑޭޒް އެގޮތަށް ކަންތައް ކުރީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ވަނީ އުފައްދާފައެވެ.

ފީފާގެ ލޯ 8 ގައި ބުނެފައި ލަނޑަށްފަހު ކުޅުން އަލުން ފެށުމަށް ޓަކައި ކިކް އޮފް ނަގާ ކުޅުންތެރިޔާ ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ތިބެން ޖެހޭނީ އެ ކުޅުންތެރިންގެ އަމިއްލަ ފަޅީގައި ކަމަށެވެ. އެހެންކަމުން، ދަނޑުގެ އާޖެންޓީނާ ފަޅީގައި ކޮލޯ މުއާނީ ނެތް ނަމަ އާޖެންޓީނާއިން ކޮއްޓުމަށްފަހު ކުޅުން ކުރިއަށް ގެންދެވޭނެއެވެ.

އާޖެންޓީނާ އަށް މެޗު އަލުން ފަށަން ފުރުސަތު ދިނުން ހުއްޓުވަން ފްރާންސްގެ ހަމައެކަނި ކުޅުންތެރިއަކަށް ވާން ޖެހުނީ ކޮލޯ މުއާނީ އަށެވެ.

Ads by HDC
  1. ނަން

    މި ކިޔާ ނިމުން އިރުވެސް ކީއްވެ ކަން ނޭގުނު

  2. އަހަރެން މީ

    ނޭގުނު، ތަންކޮޅެއް މީހުން ބޮލަށް ވަންނަ ގޮތަށް ބުނެ ދީބަލަ

  3. މޮހޮނު

    އަޅެ ވީޑިއޯ ވައްޓާލިއްޔާ ކިހާ ފުރިހަމަވިސް

  4. ޫއުޕާމެކާނޯ

    ދެޓްސް މީ

  5. ާަައަހަރެން

    ލީޑް ޖަހަނީ ؟