ފުޓްބޯޅަ

ވޯލްޑްކަޕްގެ އެންމެ ދަށް ޓީމަށް 9 މިލިޔަން ރުފިޔާ، ޗެންޕިއަނުންނަށް ކިހާވަރެއް؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕްފައިނަލުން މޮޅުވެ، މުޅި ދުނިޔޭގެ ޗެންޕިއަންއަށް ވަނީ ވެފައެވެ.

Ads by MWSC

ރޭގެ މެޗުގައި ހަމައެކަނި އާޖެންޓީނަށް ލިބުނީ ވޯލްޑްކަޕް ޓްރޮފީއެއް ނޫނެވެ. އެއާއެކު ފީފާއިން ދޭ ފައިސާގެ ބޮޑު އިނާމެއް ވެސް އާޖެންޓީނާއަށް ވަނީ ލިބިފައެވެ،.

2022 ވަނަ އަހަރުގެ މުބާރާތުގައި ރެކޯޑް މުގުރާލެވޭ އިނާމެއް ދީފައިވާއިރު، ގަތަރުގައި ކުޅުނު 32 ގައުމަކަށް ވެސް ފީފާއިން ފައިސާ ލިބޭނެއެވެ.

މިއަހަރު ވޯލްޑްކަޕްގައި ކުޅުނު ޓީމުތަކަށް ހަމަޖެހިފައިވާ ޖުމްލަ އިނާމު ފައިސާގެ އަދަދު 440 މިލިއަން ޑޮލަރަށް އަރާއިރު މިއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޕްރައިޒް ޕޫލާ އަޅާބަލާއިރު 40 މިލިއަން ޑޮލަރުއިތުރު އަދަދެކެވެ. އަދި މިއީ 2019 ވަނަ އަހަރުގެ އެންމެ ފަހުގެ އަންހެން ވޯލްޑް ކަޕްގައި ހިމެނުނު ޖުމްލަ އިނާމު ފައިސާއަށްވުރެ ގާތްގަނޑަކަށް 15 ގުނަ އިތުރު އަދަދެކެވެ. ވޯލްޑް ކަޕް ޗެމްޕިއަން އަންހެން ޓީމަށް ދީފައިވަނީ އެންމެ ހަތަރު މިލިއަން ޑޮލަރެވެ.

މިއަހަރުގެ ވޯލްޑްކަޕް ޗެންޕިއަންކަން ހޯދި އާޖެންޓީނާއަށް 42 މިލިޔަން ޑޮލަރު ވަނީ ދީފައެވެ. އެކަމަކު ބޮޑު ފައިސާއެއް ގެއަށް ގެންދަނީ ހަމައެކަނި ޓޮޕް ޓީމެއް ނޫނެވެ. ރަނަރަޕް ޓީމަށް 30 މިލިއަން ޑޮލަރު ވަނީ ދީފައެވެ. އަދި ތިން ވަނައިގައި އޮތް ކްރޮއޭޝިއާއަށް 27 މިލިއަން ޑޮލަރު، ހަތަރު ވަނައަށް ދިޔަ މޮރޮކޯއަށް 25 މިލިއަން ޑޮލަރު ވަނީ ދީފައެވެ.. އަދި ފަސް ވަނައިން އަށް ވަނަ އަށް ދާ ޓީމުތަކަށް 17 މިލިއަން ޑޮލަރު އަދި ނުވަ ވަނަ އާއި 16 ވަނައާ ދެމެދުގެ ޓީމުތަކަށް 13 މިލިއަން ޑޮލަރު ވަނީ ދީފައެވެ. 32 ވަނައިގައި އޮތް އެހެން ޓީމުތަކަށް ނުވަ މިލިއަން ޑޮލަރު ވަނީ ދީފައެވެ.

Ads by Allied Insurance
  1. ޔޫޕެ

    މާމަދު

  2. އިންފެންޓީޏޯގެ ދަރިފުޅު ޒަރިޔަންދުގެ ބައްޕަ މޯހަންގެ މާމަ މާއްޓޭ

    ކޮބާ އެފްއޭއެމަށް ނުލިބެތަ އައިނު އެޅި ސޮރު ކާލަން އެތިކޮޅެއް