ދުނިޔެ

މެސީގައިގައި ބައްދާލި އަންހެން މީހާއަކީ އޭނާގެ މަންމައެއް ނޫން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ އާދީއްތަ ދުވަހު ވޯލްޑް ކަޕް ފައިނަލަށް ފަހު ލިއޮނަލް މެސީއާގައިގައި ބައްދާލާ އަންހެން މީހާއަކީ އޭނާގެ މަންމަ ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

ހިނިތުންވެލައިގެން ހުރި އަންހެން މީހަކު އައިސް، ރޮމުން މެސީގައިގައި ބައްދާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. މެޗަށްފަހު މެސީއާއެކު ފުރަތަމަ އުފާ ފާޅު ކުރީ އޭނައެވެ. ޓިކްޓޮކްގައި ދައުރުވާ ވީޑިއޯތަކުގައި ބުނެފައިވަނީ އެއީ މެސީގެ މަންމަ ކަމަށެވެ.

މި މިސްޓްރީ އަންހެން މީހާއަކީ ކާކުކަމާ މެދު ގިނަ ބަޔަކު ދިޔައީ ބަހުސް ކުރަމުންނެވެ، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ މެސީގެ އާއިލާގެ މެމްބަރެކެވެ. އަނެއް ބަޔަކު ބުނަކީ އެއީ މަންމަ ކަމަށެވެ. ނަމަވެސް އާޖެންޓީނާގެ ރިޕޯޓްތައް ބުނާ ގޮތުން އޭނާ އަކީ ގައުމީ ޓީމުގެ މުވައްޒަފެކެވެ.

އެމީހާއަކީ ޝެފް އެންޓޯނިއާ ފަރިއާސްއެވެ.

ފްރާންސް އަތުން އާޖެންޓީނާ މޮޅުވި މެޗަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި އާޖެންޓީނާގެ ގަމީހެއް ލައިގެން ހުރި ފަރިޔާސް މެސީއާ ގާތަށް އާދެއެވެ. ފްރިއާސްއަކީ އާޖެންޓީނާގެ ޤައުމީ ޓީމަށް ދިޔަ އަހަރު ވަންދެން ކައްކައިދެން އުޅޭ މީހެކެވެ. އަދި ޓީމާއެކު ކައްކައިދެން ޤައުމުތަކަށް ދަތުރު ކުރެއެވެ. ރަޝިއާގައި އޮތް ވޯލްޑްކަޕްގައިވެސް އާޖެންޓީނާގެ ޝެފަކީ އޭނައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!