މޫސަގެ ރައްދެއް އިދިކޮޅަށް: ދިވެހިރާއްޖޭގަ ބޭއްވޭ އެންމެ ބޮޑު ޖަލްސާ ޖެނުއަރީ މަހު ބާއްވާނެ
ދިވެހިރާއްޖޭގަ ބޭއްވޭ އެންމެ ބޮޑު ޖަލްސާ ޖެނުއަރީ މަހު ބާއްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ރައީސް ޞާލިޙްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ޖެނުއަރީ މަހު އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެ ޖަލްސާ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޖަލްސާއަށް ކަމަށެވެ.
“އަޅުގަނޑުމެންގެ ވާދަވެރިން ހީނުކުރައްވާތި އަޅުގަނޑުމެންނަށް ބޮޑު ޖަލްސާ ބާއްވަން ނުކެރޭނެއޭ. ޖެނުއަރީ މަހު ތެރޭގައި ދިވެހިރާއްޖޭގަ ބޭއްވޭ އެންމެ ބޮޑު ޖަލްސާ އިރާދަކުރެއްވިއްޔާ އެމްޑީޕީން އަޅުގަނޑުމެން ބާއްވާނަން. ޔަގީން ކުރައްވާ. ތިބޭފުޅުން ވަޑައިގަންނަވާ” މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން ޕްރައިމަރީ ބޮޑު ތަފާތަކުން ރައީސް ޞާލިޙަށް ކާމިޔާބުކޮށްދޭން ބޭނުން ވަނީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް ދައްކަން ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު، އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ރައީސް ޞާލިޙްގެ ޖަގަހަ ޖަލްސާގައި ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު، ހެލްތު މިނިސްޓަރ ނަސީމުގެ އިތުރުން ރައީސް ޞާލިޙަށް ތާއީދުކުރާ މަޖިލިސް ބައެއް މެމްބަރުންވެސްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރައްޔިތުންގެ ލާރި ކޮޅު ދައްކާ އޭގެކުރިން
އަގުވެއްޓިފަ އަގެއްނެއް
ކީ ކަލޭތީ ބޮޑު މަކަރުވެރިޔެއް ކަމަށް ކިބޫ ބުނިކަމަށް ކޮންމެވެސް ބަޔަކު ބުނި އަޑު އެހިން. މީގެކުރިން ޔާމިންފަހަތުގައި އުޅުނީ ހީލަތުން ކިމަށް އައްނި ކާރީގަ އުޅުނު އިރު ނުހައްގުން ރައްޔެތުންގެ އެތަކެއް ފައިސާގެ ހިޔާނާތެ ބޮލުގަ އެޅިފަ އޮތުމުން އެކަމުން ބަރީއަވުމުގެ މަގުސަދުގާ ހިޔޅު އައިސް ޔާމީނުކާރީގަ ރޮއެ ހޭރިގެން އެސަރުކާރުގާ އުޅުނީ،، ވީމާ ކިބޫ ބުނީ ތިމަން މި އިނީ އެކަމާ ވިސްނައިގެން ނޯ . އަދި މީނާ މާދަމާވެސް ތިމަންނަ ވެއްޓޭކަން އެގޭ އިރަށް އޭނަ ފިލާނެކަންވެސް އިގޭ.. ކަލޯ ދެން ކަލޯމެންނަ ބޭއްވޭނެ ބޮޑު ޖަލްސާ ބޭއްވި ހަމަވީ ސޮރީ…���