ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވައިފާނެ ކަމަށް، ކުރިން ހީނުކުރައްވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓު ހޮވުމަށް އެ ޕާޓީން ރިޔާސީ ޕްރައިމަރީ ބާއްވާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. މި އިންތިޚާބުގެ ރައީސް ނަޝީދާ ވާދަ ކުރައްވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ޢާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޞާލިޙަށް އެމްޑީޕީއާ، ރިޔާސީ އިންތިޚާބުވެސް ގެއްލިއްޖެ ކަމަށެވެ.
"ކުރިން ނުދެކެން ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާފާނެ ކަމަކަށް. ޤައުމުގެ ހާލަތު ބައްލަވައި، ތިޔަ ނިންމެވީ ރަނގަޅު ނިންމުމެއް."
ޢާޒިމް އިތުރަށް ވިދާޅުވީ މިހާރު ޤައުމަށް ބޭނުންވަނީ، ކެރޭ އަދި ހީވާގި ލީޑަރެއް ކަމުގައެވެ.
ކުރިމަތިނުލާ ހުންނާނެތަ ލާރިޔާހެދީހޭބަލިވީމަ