ކޮރޯނާ އިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ފިޔަވަޅުތަކެއް އެޅި ސްކޫލަކަށް ތައިލެންޑުގެ މިސްކޫލު ވާނެ

މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހުރިހާ ޤައުމެއްގައި ވެސް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ޚާއްސަކޮށް ދަރިވަރުން މިބަލިން ރައްކާތެރި ކުރުމުގެ ގޮތުން ސްކޫލުތަކުން ވެސް އަންނަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން ތައިލެންޑުގެ މިސްކޫލަކީ ކޮވިޑުންް ދަރިވަރުން ރައްކާތެރި ކުރުމަށްތަކައި ވަރަށް ގިނަ ފިޔަވަޅުތަކެއްް އަޅާފައިވާ ސްކޫލެކެވެ. ސްކޫލް އަލުން ހުޅުވަން އެޤައުމުން ހުއްދަ ދީފައިވަނީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅެވެ.
ބެންކޮކްގެ ވަޓް ކޮލޮންގް ޓޯއޭ ސްކޫލުގައި ކިންޑާގާޓެން އާއި ޕްރީ ސްކޫލުގެ ދަރިވަރުން ކްލާހުގައި ކުޅެން ބައިތިއްބާފައި ތިބެނީ އެތެރެ ފެންނަ ގޮތަށް ހުންނަ ޕްލާސްޓިކް ކިއުބިކަލް ތަކެއްގެ ތެރޭގައެވެ.
ކިންޑަގާޓެން އާއި ޕްރީސްކޫލުގެ ކުދިންނަށް އެފަދައިން ކިޔަވާ ދެމުން އަންނައިރު، އެއަށްވުރެ އުމުރުން ދޮށި ކުދިން މާސްކު އަޅައިގެން ސްކޫލަށް ދިޔުމަށް ވަނީ އަންގާފައެވެ. އަދި ކްލާސްގަޑީގައި އެކުދިން ވެސް އިންނަނީ މޭޒުކައިރީގައި ވަށައިގެން ޖަހާފައިވާ އެތެރެފެންނަ ގޮތަށް ހުންނަ ޕްލާސްޓިކު ފޮށިގަނޑެއްގެ ތެރޭގައެވެ.

މީގެއިތުރުންް އެސްކޫލުގެ ކޮންމެ ކްލާހެއްގައި ތިބެވެނީ 20-25 ދަރިވަރުންނަށެވެ. އަދި ކޮންމެ ކްލާހެއްގެވެސް ދޮރުގެ އަތްގަނޑުތަކާއި މޭޒުތަކާއި ގޮނޑިތަކުގައި ވަރަށް އަވަސް އަވަހަށް ސެނިޓައިޒަރ ހޭކުމުގެ އިތުރުންް، ކިޔަވާދޭ ކޮންމެ ގަޑިއެއް ނިމުމުން ކްލާސްތަކުގެ ތަޅުންގަނޑުގައި މޮޕުލާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ސްކޫލުގެ ޕްރިންސިޕަލް ޗުޗާޓް ތީންގްތަމްް ބުނެފައިވަނީ ކޮންމެ ކްލާހެއްގެ ވެސްް ބޭރުގައި އަތް ދޮންނަން ސިންކަކާއި ސައިބބޯނި ބަހައްޓާފައި ހުންނާނެ ކަމަށާއި ސްކޫލަށް ވަނުމުގެ ކުރިން ކޮންމެ ދަރިވަރެއްގެ ވެސް ހަށިގަނޑުގެ ހޫނުމިން ހުރިވަރު އޮޓޮމެޓިކުން ބބަލާނެ ކަމަށެވެ. އަދި އޭގެ ނަތީޖާ ފޮނުވަނީ އެކުއްޖެއްގެ ބެލެނިވެރިންނަށް ކަމަށް ވެސް ޕްރިންސިޕަލް ބުނެފައިވެއެވެ.
ތައިލެންޑުގެ މިސްކޫލަށް މިފަދަ ބަދަލުތަކެއް އެސްކޫލުގެ މެނޭޖްމަންޓުންނާއި ޓީޗަރުން ގެނައީ، ކޮވިޑާއި ގުޅިގެން މިދިޔަ މާރޗު މަހު އެޤައުމުގައި އިއުލާނު ކުރި ފުރަބަންދާއި ގުޅިގެން ސްކޫލުތައް ވެސް ބަންދު ކުރި ދުވަސްކޮޅުގައެވެ.