ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްގެން: ފުލުހުން

ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ދެންމެ ވިދާޅުވީ ނިޝާމާގެ ޕޯސްމޯޓަމް ވަގުތީ ނަތީޖާ ލިބިފައިވާ ކަމަށެވެ.
“އެ ރިޕޯޓްގައިވާ ގޮތުން ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅައި ނޭވާ ހާސްކޮށްގެން” ފުލުހުން ވިދާޅުވިއެވެ.
މިމަހުގެ 9 ވަނަ ދުވަހު، ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު މި މައްސަލައިގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށް ތުހުމަތު ކުރެވި ވަނީ ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ބެލުމުގެ ދަށުގައި ހުއްޓާ، އޭނާ ދަން ޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.
ފައިސަލް މަރުވިނަމަވެސް، ނިޝާމާގެ މަރުގެ މައްސަލަ ތަހުގީގު ކުރާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ތި ފިރިހެނާ ޕޯސމޯޓަމު ހަދާ
ތިކަން ތިނިމުނީ ކޮބާހޭބޭނުމަކީ ދިހަބާރަ ދުވަހު މައިއިތާ ވަޅުނުލާ ކޮށާކުދި ކޮއްފަ. ޝައްކު ކުރެވުނު މީހާވެސް މަރުވެއްޖެ ޝައްކު ކުރެވޭ ދެވަނަ ފަރާތެއް ނުވޭ.. ދެން ހަމަ އިތުރު ކަމެއް ނެތްތަ އަޅެ؟