އިދިކޮޅު މުޒާހަރާ: ސަޢީދު ހައްޔަރުކޮށްފި!

މިހާރު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން، ރައްހިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ހައްޔަރުކޮށްފިއެވެ.
ސަޢީދުގެ އިތުރުން ޖުމްލަ 17 މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒާއި، ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުވެސް ހިމެނިވަޑައިގަންނަވައެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ހަރަކާތްތެރިވަމުން އެބަދެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ޙުކުމް ކުރެއްވުމާ ގުޅިގެން އިދިކޮޅުން ދަނީ ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުންނެެވެ.