ސަރުކާރު

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

Ads by Hajj Corporation

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިޙު ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 16:30 ގައެވެ.

ރައީސް ޞާލިޙު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މިދިޔަ ޖޫންމަހުގެ އަށްވަނަ ދުވަހުއެވެ.

ގިނަ ދުވަސްތަކަކަށްފަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައި މިވަނީ, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމައި، މި މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވުމާ ގުޅިގެން ސިޔާސީ މަސްރަހު ހަލަބޮލިވެ, ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

  1. ހުޅުމާލޭ ހަސަންބެ

    ރައީސް ބައްދަކުރަން މުހިތްމުވާނީ ރައީސް ގެ ޕާޓީމީހުނާ