ޚަބަރު ސިޔާސީ

ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ކުރިމަތިލައިފިނަމަ ލިބޭނީ 20% ވޯޓު: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބޭނީ 20 އިންސައްތަ ވޯޓު ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަލްޓަން ޕާކްގައި މިހާރު ކުރިޔަށްދާ ބައްދަލުވުމުގައު ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަލަށް ޤައުމީ އިންތިހާބަށް ނުކުތުމުން އާންމުކޮށް ލިބެނީ 20 އިންސައްތަ ކަމަށާއި ރައީސް ޞާލިޙްވެސް އެ ނިކުންނަވަނީ އަލަށް ކަމަށެވެ.

އަދި އެމްޑީޕީގެ ފަރާތުން ނުކުންނަވާނެ ކަމަށާއި ސަބަބަކީ ރައީސް ޞާލިޙް ކުރިމަތިލައިފިނަމަ އެ ޕާޓީ އަށް ލިބޭނެ ވޯޓު މަދުވާނެ ކަން ވަރަށް ބޮޑަށް ފަހުމްވާތީ ކަމަށެވެ.

'އެމްޑީޕީން އަޅުގަނޑު ނިކުންނާނަން. އެކަމާ ތިބޭފުޅުން ޝައްކު ކުރައްވާނެ ކަމެއް ނެތް. އަޅުގަނޑު ނުކުންނަން ޖެެހޭ ސަބަބެއްގެ ގޮތުން އަޅުގަނޑަށް ފާހަގަވަނީ ރައީސް ޞާލިހަށް 20% ލިބި އަޅުގަނޑުމެންނަށް ދެވަނަ ބުރަށް ނުދެވިދާނެ ކަމުގެ ބިރު އޮތް ކަމުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި އެންމެ ބޮޑު ބަދަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެންޑިޑޭޓެެއްގެ ގޮތުގައި ނެތުން ކަމަށެވެ.

އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ހިދުމަތްކޮށް ދެވޭނެ މަގާމެއްގައި އަބަދުވެސް ތިބުމާއި ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއާއެކު ޖުމްހޫރީ ޕާޓީއާއި ދެން ހުރި ޕާޓީތަކުން ވެސް ވެރިކަމަށް ކުރިމަތި ލެއްވުމުގެ އުންމީދު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފާއިތުވި ފަސް އަހަރު ވެރިކަން ކުރީ ޕާޓީގެ އާއްމު މެމްބަރުންނާއި އެ މަނިކުފާނު ބާކީ ކުރުމަށްފަހު ކަމަށާއި އެ މީހުންގެ ވިސްނުމަކަށް ވީ އެމްޑީޕީގެ ލޯގޯ އާއި ނިޝާނާއި ޖޯޝު ބޭނުންކޮށްގެން ޕާޓީގެ އެތެރެ ބަދަލުކުރުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ފިކުރު ދޫކޮށްނުލެވޭނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެއްޓެވުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ގިނަ އަަދަދެއްގެ ބަޔަކުވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

  1. އައްބޭބެ

    މި ބޭފުޅުން މިހާރު ރައްޔިތުން ގުބޯ ހައްދައި ތަރައްގީ ނުކޮށް 5 އަހަރު ވެރިކަން ކޮށްފަ ދެބޯގެރި ދުއްވައި އަލުން ޕާޓީ ވެރިކަމަށް ގެނައުމަށް ފޫގަޅާފައި

  2. މޯގެރި

    ކަލެއަށް ލިބޭނީ މޯދީގެ ފަރާތުން ލިބޭ ގެރިއެއް..